A wide advertisement which will be shown on all devices. (700 x 100)

އިންސްޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލަޖީ އިން 2019 ވަނަ އަހަރު ކޯސްތަކެއް ފަށަނީ

ފުވައްމުލަކުގައި މަތީ ތައުލީމްދޭ އިންސްޓިއުޓެއްކަމަށްވާ އިންސްޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލަޖީ އިން 2019 ވަނަ އަހަރު ކޯސްތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިންސްޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލަޖީގެ ޕްރިންސިޕަލް އަހްމަދު އިބްރާހިމް ވިދާޅުވީ އަންނަ އަހަރު 11 ކޯހެއް ފެއްޓުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ތަފާތު ލެވެލްގެ ކޯސްތައް ހިމެނޭއިރު އެއީ ތަފާތު ދާއިރާތަކުގެ ކޯސްތަކެއް ކަމަށެވެ.

“2019 ވަނަ އަހަރު ޖެނުއަރީގައި ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން ޑިޕްލޮމާ ލެވެލްގެ ކޯސްތަކެއް، އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފައްޓާ ރޮބޮޓިކްސް އެންޑް އޮޓޯމޭޝަންގެ ސެޓްފިކެޓް ލެވެލް 1 އިން 4 ގެ ކޯސްތަކެއް ފެށިގެންދާނެ، މީގެ އިތުރުން ޑިޕްލޮމާ ލެވެލްގެ އެޗްއާރު، ޑިޖިޓަލް މާކެޓިންގ އަދި އައިޓީ އާއި ގުޅޭ ކޯސްތަކެއް ފެއްޓުމަށް ހަމަޖެހިފައިވޭ” އަހްމަދު ވިދާޅުވިއެވެ.

އިންސްޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލަޖީ އިން އިތުރަށް ވިދާޅުވީ ހޮސްޕިޓަލިޓީ އެންޑް ޓްވަރިޒަމް މެނޭޖްމަންޓާއި މާކެޓިންގ މެނޭޖްމަންޓްގެ ކޯސްތަކެއް ފެށުމަށްހަމަޖެހިފައިވާ ކަމަށާއި އަދި ބޮޑެތި މީހުނަށް އަމާޒުކޮށްގެން އިގިރޭސި އަދި އައިސީޓީ ކޯސްތަކެއް މިހާރުވެސް ކުރިއަށް ގެންދާކަމަށެވެ. އަދި އެކޯސްތައް އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައިވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކޯސްތަކަކީ އެހެން އިންސްޓިއުޓް ކޮލެޖްތަކުގެ އަގުތަކާއި އަޅާބަލާއިރު އަގުހެޔޮވެފައި ކޮލިޓީ ހިފަހައްޓައިގެން ކުރިއަށް ގެންދާ ކޯސްތަކެއް ކަމަށެވެ. އަދި ކޯސްތަކުގައި ކިޔަވައިދޭނީ ތަޖުރިބާހުރި ރަށުން ބޭރު ލެކްޗަރާއިންނާއި ރަށުގެ ލެކްޗަރާއިން ކަމަށެވެ.

“އިންސްޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލަޖީ” އަކި ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި އިންސްޓިއުޓްގެ ތެރެއިން އިންސްޓިއުޓެކެވެ. އެގޮތުން އެއިންސްޓިއުޓް ރަޖިސްޓަރ ކޮށްފައިވަނީ 2001 ވަނައަހަރުއެވެ. “އިންސްޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލަޖީ” އިން ވިދާޅުވީ އެއިންސްޓިއުޓް ވަރަށް އަވަހަށް ކޮލެޖްއަކަށް ބަދަލުވެގެންދާނެއެވެ. އެއިންސްޓިއުޓް މިހާރު ހިންގަމުން ގެންދަނީ ފުވައްމުލަކު ދޫނޑިގަން އަވަށު މަންހަޖުލް ހުދާ ޕްރީ ސްކޫލް ކުރިން ހިންގި އިމާރާތުގައެވެ.

“އިންސްޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލަޖީ” ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް

Certificate 1 in ICT Office Management- 4 Weeks

Certificate 3 in ICT Office Management -16 weeks

Certificate 4 in Information Communication Technology – 1 Year

Certificate 1 in Robotics and Automation – 4 Weeks

Certificate 3 in Robotics and Automation –  16 Weeks

Certificate 4 in Robotics and Automation – 1 Year

Certificate 4 in Business Management – 1 Year

Diploma in Business Management –  Year

Diploma in Digital Marketing – 1Year

Diploma in Marketing – 1 Year

Diploma in Human Resource Management – 1 Year

 

މިހުރިހާ ކޯސްތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރަށްވާ ކޯސްތަކެއް ކަމަށްވެސް އިންސްޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލަޖީ އިން ބުންޏެވެ. އަދި ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު 7251441 ނަންބަރު ފޯނުން އަދި ilt.edu.mv އިން ލިބޭނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !