A wide advertisement which will be shown on all devices. (700 x 100)

އަންނަ އަހަރު ފެށެންވާއިރަށް ހުރިހާ ޓީޗަރުން ރެޖިސްޓްރީ ކުރަން ޖެހޭ

މިއަހަރު ބޭއްވުނު ޓީޗަރސް ކޮންފަރެންސްގެ ފުވައްމުލަކުގެ ބައެއް ބައިވެރިން

އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ ވެސް ޓީޗަރސް ލައިސަންސްގެ ދަށުން ރެޖިސްޓްރީވެފައިވާ ޓީޗަރުންނަށް ވާންޖެހޭނެކަމަށް އެޑުއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފު މީޑިއާއަށް ހާމަކުރައްވައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރ ލައިސެންސް ދިނުމާއި ގުޅޭ ގޮތުން ގަވާއިދެއް ކުރިން އާއްމުކޮށްފައެވެ. އެގަވާއިދުގައި ވާގޮތުން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައި ދެވޭނީ ޓިޗަރސް ލައިސްންސް އޮވެގެންނެވެ. އަދި ޓިޗަރސް ލައިސެންސް ހޯދުމަށް އެޑިއުކޭޝަން ދާއިރާއިން ދަސްވެގެން ޑިޕްލޮމާ (ލެވެލް 5) ގެ ސަނަދެއް ހާސިލުކޮށްފައި ވާންޖެހެއެވެ.

ނަމަވެސް އެގަވާއިދުގައިވާ ގޮތަށް އެންމެ ދަށްވެގެން ޑިޕްލޮމާ ނެތް ގިނަ އަދަދެއްގެ ޓީޗަރުން ސްކޫލްތަކުގައި ކިޔަވައި ދެއްވުމުގައި ހަރަކާތްތެރިވާތީ އެގަވާއިދަށް އަމަލުކުރުން ވަނީ އަންނަ އަހަރަށް ލަސްކުރެވިފައެވެ. އަދި އެއާއިއެކު ޑިޕްލޮމާއަށް ވުރެ ދަށް ޓީޗަރުންނަށް، ގައުމީ ޔުނިވަރސިޓިއާއި ގުޅިގެން އެއް އަހަރުގެ ޚާއްސަ ޑިޕްލޮމާ ކޯހެއް ހެޔޮ އަގުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލަ ދީފައެވެ. އަދި އެޕްރޮގްރާމުގެ ގިނަ ބައިވެރިން އަންނަ އަހަރު ނިމެންވާއިރަށް ޑިޕްލޮމާ ހާސިލުކުރާނެ ކަމަށް ބެލެވެއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ކިޔަވައިދޭއްވަން ތިއްބަވާނީ ޓީޗަރ ލައިސަންސް ލިބިފައިވާ ޓީޗަރުންނެވެ، ނުވަތަ އެމިނިސްޓްރީން ފަހިކޮށްދޭ ފުރުސަތެއްގައި ޑިޕްލޮމާއަށް ކިޔަވަމުން ވަޒީފާ އަދާކުރައްވާ ފަރާތެއް ކަމަށެވެ.

މިއާއެކު މިއަންނަ އަހަރުން ފެށިގެން ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އިޙުސާސުކުރަމުން އައި ބައެއް ޓީޗަރުންނަށް ކޮންމެ ވެސް ވަރެއްގެ ހިތް ހަމަޖެހުމެއް ލިބޭނެކަމަށް ބެލެވެއެވެ. އެއީ ޑިޕްލޮމާ ހާސިލުކުރުމަށް ކުރިން ލިބުނު ފުރުސަތު އަނެއްކާ ވެސް އެއް އަހަރަށް އިތުރު ވެގެން ދިއުމެވެ.

ޓީޗަރސް ލައިސެންސް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރުމުން ރާއްޖޭގައި ކިޔަވައިދޭ ހުރިހާ ޓީޗަރުން ވެސް އެކަމާއި ގުޅޭ ލިޔެކިޔުންތައް ފުރިހަމަކޮށް އެޑުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިގެން ލައިސަންސް ހޯދަން ޖެހޭނެ ކަމަށް އެޑިއުކެޝަނުން ހާމަކުރައްވައެވެ.

ޓީޗަރުން ރެޖިސްޓްރީކޮށް ލައިސެންސް ދިނުމުގެ ބޭނުމަކީ ރާއްޖޭގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކޮށް، ދެވޭ ތައުލީމާއި މެދު އާއްމުންގެ އިތުބާރު ދަމަހައްޓާއި ޓީޗަރުންގެ ގަވާއިދު ހިފަހައްޓައި، މަގާމުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ހިފަހައްޓުމަށާއި، އެސްޓޭންޑާރޑްތައް ރިވައިޒުކޮށް ބެލެހެއްޓުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

މިއަހަރު ފެބްރުއަރީ މަހު އެޑިއުކޭޝަނުން ހުޅުވާލި ޑިޕްލޮމާ ހާސިލުކުރުމުގެ ފުރުސަތުގައި މިރަށުގެ 25 ހާ މުދައްރިސުން އަންނަނީ ގައުމީ ޔުނިވަރސިޓީގެ “ކޮލް އައުޓް ރީޗް ސެންޓަރު” ގައި ކިޔަވަމުންނެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !