A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ގޭގެއަށް ނަރުދަމާގެ ޚިދުމަތް ދޭން ފަށައިފި

ފުވައްމުލަކު ފެނާއި ނަރުދަމާގެ ޚިދުމަތް ދޭން ކަނޑައެޅި ތާޜީޚު ފަހަނަޅައި ދިޔައިރު އަދި ކިރިޔާ ޚިދުމަތް ދޭން ފެށުނީ

ފުވައްމުލައް ސިޓީ ގޭގެއަށް ނަރުދަމާގެ ޚިދުމަތް ދޭން ފަށައިފިއެވެ. އެގޮތުން ނަރުދަމާގެ މައި ޕަމްޕް ސްޓޭޝަން ކައިރީގައި ހިމެނޭ ފުނާޑު އަވަށުގެ ގެތަކަށް މިހާރު ޚިދުމަތް ދޭން ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކުގެ ގިނަ ގެއަކަށް ފެނާއި ނަރުދަމާ ހޮޅީގެ ކޮޅު މީގެ ކުރިން ވައްދާފައި ކަމަށް މިކަލް ނޫނަށް މައުލޫމާތު ދިން ފަރާތުން ހާމަކުރިއެވެ. ފުވައްމުލައް ސިޓީަގއި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގެއެއްގެ އިން ފާރުން 1 މީޓަރު އެތެރޭގައި ޖަންކްޝަނެއް ހަދައި، އެގެއަށް ޚާއްސަ ކަނެކްޝަން ޕޮއިންޓެއް ސިއެރާ ކުންފުނިން ގާއިމުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގިނަ ގެތަކަށް މިހާރު ހޮޅީ ކޮޅު ވެއްދިފައި ވީކަމުގައި ވިޔަސް އަދި ޚިދުމަތް ނުދެވެއެވެ. ޚިދުމަތް ދިނުމުގެ މަސައްކަތް އެކުންފުނިން އަދި ކިރިޔާ ފަށައިގަތީއެވެ.

މިހާރު ކުރަމުންދާ މަސައްކަތަކީ ކޮންމެ ގެއަކަށް ވެސް ފޯރުކޮށްދީފައިވާ ޖަންކްޝަނާއި ހަމައިން ފެށިގެން މައި ލޭނާއެކު ޓެސްޓްކޮށް، އެގެތަކަށް ޚިދުމަތަށް ގުޅާލުމަށް ހުޅުވާލަނީއެވެ. މިގޮތަށް ހުޅުވާލާ ގެތަކަށް ކޮންމެ ހަފުތާއަކު ވެސް އެކުންފުނީން އަންގަމުން އަންނަ ކަމަށް ވެއެވެ.

ގޭގެ ލޭނާއި ގުޅާލުމަށް އެންގުމުން، ޚިދުމަތް ލިބިގަތުމަށް ކޮންމެ ގެއަކުން ވެސް އެގޭގެ ފާޚާނާ އަދި ނަރުދަމާ ހޮޅީގެ ވިއުގަ ކަނޑައެޅިފައިވާ ޖަންކްޝަނާއި ގުޅާލުމުން، ޚިދުމަތް ލިބިގެން ދާނެކަމަށް މައުލޫމަތު ލިބެއެވެ. މިގޮތަށް ގުޅުވާލުމުގެ މަސައްކަތް ކުރަން ޖެހޭނީ ކޮންމެ ގެއެއްގެ ބަޔަކު ވެސް އަމިއްލައަށެވެ.

ފާޚާނާ އަދި ނަރުދަމާގެ ޚިފދުމަތަށް ގުޅާލުމާއެކު ގޭގޭތަކުގައި ބޭނުންކުރާ ނަޖިސްވަޅާއި ފެންހިންދާ ވަޅުތައް ބޭނުން ނުކުރުމަށް ފުވައްމުލައް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސާރވިސަސް ޑިޕާޓްމެންޓުން އަންނަނީ އަންގަމުންނެވެ.

އަދި ޚިދުމަތް ގުޅާލެވޭ ގެތަކުގައި މިހާރު ހުރި ފާޚާނާ ވަޅުތައް ސިއެރާ ކުންފުނިން ހުސްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބައެއް ގެތަކަށް ނަރުދަމާގެ ޚިދުމަތް ލިބެން ފެށިއިރު، ބޮޑެތި މަގުތަކުގައިވާ ބައެއް ގެތަކަށް އަދި ކަނެކްޝަން ޕޮއިންޓް ވެސް ގާއިމު ކުރެވިފައި ނުވާކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް ޔާމީިނު ވަނީ ފުވައްމުލަކު ފެނާއި ނަރުދަމާގެ ޚިދުމަތް އިފުތިތާޙުކޮށް ދެއްވާފައެވެ. ނަމަވެސް އޭރު ފުވައްމުލަކުގެ އެއްވެސް ގެއަކަށް އެޚިދުމަތް ލިބިފައި ނުވާކަމަށް ބުނެ ސޯޝަލް މީޑީއާގައި ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !