A wide advertisement which will be shown on all devices. (700 x 100)

ގައްދޫ ފަޅުތެރޭގައި އޮތް ފުވައްމުލަކު ހުދުމާ ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި

ހުދުމާ މަސްދޯނި ގައްދު ބަދަރުގައި އޮތްވާ ގެގަނޑުން ބައެއް އަނދައިފި. ފޮޓޯ ހަމަދު އެފްބީ

ގައްދޫ ފަޅުތެރޭގައި އޮތް ފުވައްމުލަކު ހުދުމާ ދޯނީގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިގައި ދޯނީގެ ގެގަޑުގެ ބައެއް އަނދައިފިއެވެ. ހޯދަޑު ހުދުހުދާގެ މުހައްމަދު އިބްރާހިމްގެ ފައިބަރު ދޯނި މަހަށް ދިއުމަށްޓަކައި ގައްދޫއަށް ގެންދިޔައީ މިއަޟުހާ އީދު ވިލޭ ރޭ ކަމަށް އެދޯންޏާއި ހަވާލުވެ ހުރި ގައްދޫ މީހެއް ކަމަށްވާ މަސީހު މިކަލް ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ.

ދޯނީގައި ހިފި އަލިފާން އެހާބޮޑަށް ނުފެތުރެނީސް ފުލުހުންގެ އެހީއާއެކު ވަނީ ނިއްވާލާފައެވެ. މިހާދިސާއިން ގެއްލުން ވެފައިވަނީ ހަމައެކަނި ދޯނީގެ ގެގަޑުގެ އެއްފަރާތަށް ކަމަށް މަސީހު މައުލޫމާތު ދިނެވެ. “ލަފާކުރެވެނީ ކަރަންޓް ޝޯޓަކުން ދިމާވި ކަމެއް ކަމަށް. މިކޮޅަށް (ގައްދުއަށް) ދޯނި ގެނެސް ކުޑަކޮށް މަރާމާތު ކޮށްގެން މަހަށް ދާން ތައްޔާރުވަމުން އައީ” މަސީހު ބުންޏެވެ.

ހުދުމާ ދޯންޏަކީ ނިސްބަތުން ބޮޑު ފައިބަރު ދޯންޏެކެވެ. އެދޯނި މަސްވެރިކަމުގައި އެކި ސަރަހައްދުތަކުގައި އުޅޭތާ ދުވަސްތަކެއް ފަހުން އައިސް ރަށުގެ ބަނދަރުގައި ބާއްވާފައިވެސް އޮތެވެ. އަދި އެންމެފަހުން ދޯންޏާއި ހަވާލުވެގެން މަހަށ ްދިއުމަށް ގައްދޫއަށް ގެންދިޔައީ މިދިޔަ ފަހުތާގައި ކަމަށް ވެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !