A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ދެކުނު ދާއިރާއަށް އަދާލަތު ޕާޓީން ކުރިމަތިލާނީ

އަދާލަތު ޕާޓީން ފުވައްމުލަކު ދެކުނު ދާއިރާއަށް ނެރޭނެ ކަމަށް ބެލެވޭ ކެންޑިޑޭޓް: ހަސަން އަލީ ކުޑަފަރީގެ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް އަދާލަތު ޕާޓީން ކުރިމަތިލާނެކން އިއުލާން ކޮށްފިއެވެ. އެޕާޓީން މއިަދު އާއްމުކުރި ބަޔާނެއްގައި ވާގޮތުން އެޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން 13 ދާއިރާއަކަށް ވާދަކުރާނެއެވެ.

އަދާލަތު ޕާޓިން ހާމަކުރާ ގޮތުގައި އެއީ ކޯލިޝަން އެއްބަސްވުމުގައި އެޕާޓީއަށް ކަނޑައޅާފައިވާ 13 ޖާގައެވެ. ނަމަވެސް ކޯލިޝަން އެއްބަސްވުމުގައި ދާއިރާތަކެއް ކަނޑައަޅާފައެއް ނެތެވެ. ދާއިރާތައް ކަނޑައެޅީ އެޕާޓީންނެވެ.

އެޕާތިގެ ބަޔާނުގައި ވަނީ، 12 ޖުލައި 2018ގައި ބޭއްވުން 18،19 ކޮމެތީގެ 20 ވަނަ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާގެ އަލީގައި އެއްބަސްވެފައިވާ ގޮތުގެމަތީން، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދަލަތު ޕާޓީ އާއި ރައީސް މައުމޫނު ގުޅިގެން އުފައްދާފައިވާ ކޯލިޝަން ގެ ފަރާތުން 13 ދާއިރާއަށް ކުރިމަތިލާން ގަސްތު ކުރާ ކަމަށެވެ.

ނަމަވެސް އެމްޕީޕީން ރޭގައި ބޭއްވި ގައުމީ މަޖުލީހުގައި އެޕާޓީގެ ޗެއަރ ޕާސްން ހަސަން ލަތީފު ދިވާޅުވެފައި ވަނީ ކޯލިޝަނުން އެއްބަސްވެފައި ވަނީ ސަރުކާރު ކަނޑައެޅުނު އިންސައްތައިން ބެހުމަށެވެ. މަޖުލިސް ދާއިރާތައް ބެހުމަށް ވާހަކަ ދެކެވުނު ކަމުގައި ވިޔަސް އެކަމަށް އެއްބަސްވެ ސޮއި ނުކުރާ ކަމަށެވެ. ޖުމްހޫރީ ޕާތީން އެކަމަށް އެއބަސްވުމަތއް ތައްޔާރުކޮށްގެން ގެނެސް މަޝްވަރާ ކުރުވުނު ކަމުގައި ވިޔަސް އެއްބަސް ނުވެވި ދޫކޮށްލެވިފައިވާ ކަމަށެެވެ.

އަދާލާތު ޕާޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެޕާޓީގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާއަށް ނެރޭ ކެންޑިޑޭޓަކީ ފުނާޑު ކުޑަފަރީގެ ހަސަން އަލީ އެވެ.

 

މީގެ އިތުރުން އެޕާޓީން ކުރިމަތިލާން އިއުލާންކޮށްފައި ވަނީ:

ހއ. އިން : ކެލާ ދާއިރާއާއި ވައިކަރަދޫ ދާއިރާ

ހދ. އިން 2 ދާއިރާ: ކުޅުދުއްފުށީ އުތުރު ދާއިރާ އާއި މަކުނުދޫ ދާއިރާ

ރ. އިނގުރައިދޫ ދާއިރާއެވެ.

ކ. މާލެ އަތޮޅުން ކާށިދޫ ދާއިރާއެވެ.

އދ. މަހިބަދޫ ދާއިރާ

މ. މުލަކު ދާއިރާ

ފ. ނިލަންދޫ ދާއިރާ

ލ. ގަމު ދާއިރާ

ޏ. ފުވައްމުލަކު ދެކުނު ދާއިރާ

ސ. ފޭދޫން ދާއިރާގެ އިތުރުން

މާލެ. މާފަންނަު ދެކުނު ދާއިރާއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !