16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

މަސީހު 25 އަހަރަށް މަޖުލީސް ގޮނޑިއަށް ނިކުންނަނީ.

ދެކުނު ދާއިރާގެ މަޖުލިސް ޕީޕީއެމް ޓިކެޓް މަސީހުއަށް ދީފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ޕީޕީއެމް ޓިކެޓް އެމްޕީ މަސީހުއަށް ދޭން ޕީޕީއެމްގެ ރައީސް ޔާމީނު ނިންމަވައި ފިއެވެ. ކުރީގެ ރައީސް ޔާމީނު އެގޮތަށް ނިންމައި އިއުލާން ކުރީ މިރޭ ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޕީޕީއެމްގެ ރައީސް ވަނީ އެޕާޓީީގައި މިހާރު ތިބި މަަޖުލިސް ހުރިހާ މެންބަރުންނަށް، (24) އަށްް މަޖުލިސް ޓިކެޓް ދޭން ނިންމާފައިވާ އެކަން އިއުލާން ކޮށްފައެވެ.

މަސީހު ވަނީ ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައްކު ގޮނޑި 4 ދައުރުގައި، 20 އަހަރު ފުރުއްވާފައެވެ. އެންމެ ފަހުން މަސީހު ފުރުއްވި ދައުރުގައި މަޖުލީހުގެ ރައީސްކަމަށް ވަޑައިގެންފައި ވަނީ 28 މެއި 2014 ގައެވެ. ތަފާތު 3 ފަހަރު މަތިން މަސީހު ރައީސް ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ތަކުން ސަލާމަތްވެ ވަޑައިގެން ހުންނެވުނީ މިއަހރު ނޮވެމްބަރު މަހު 1 އަށެވެ. ނޮވެމްބަރު މަހު 1 ގައި މަސީހު މަޖުލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވި އިދިކޮޅުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖުލީހަށް ވައްދައި މަސީހު ރައީސް ކަމުން ވަކިކުރަން އުޅެމުން ދަނިކޮށެވެ.

މިރޭގެ ބައްދަލުވުމުގައި ޕީޕީއެމްގެ ރައީސް ވިދާޅުވީ އެޕާޓީން ގާނޫނު އަސާސީއަށް (ކުރިން) ގެނައި އިސްލާހު ތަކަކީ ޒުވާނުންނަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް މަސީހުއަށް އިތުރު ދައުރަކަށް ޓިކެޓް ދިނުމުން އެދާއިރާއަށް ވާދަކުރުމަށް ކެމްޕޭނު ކުރަމުން އައި ޕީޕީއެމްގެ ޒުވާނުންނަށް އެފުރުސަތު ގެއްލޭނެކަން ނުވިސްނުނީ ބާވައެވެ؟

ޕީޕީއެމުން ދެކުނު ދާއިރާގެ ޕްރައިމާރިއެއް ބޭއްވުމަށް އެދި އެޕާޓީގެ ޒުވާނުން ދިޔައީ ސޯޝަލް މީީޑއާގައި ޝުއޫރު ފާޅު ކުރުމުންނެވެ. ނަމަވެސް ޕްރައިމަރީ އަކާއި ނުލައި މަސީހުއަށް ޓިކެޓް ދިނުމަށް ފަހު ވެސް އެޕާޓީގެ ރައީސް ޔާމީނު ވިދާޅުވަނީ އެއީ އެންމެ ހަރުދަނާ ޑިމޮކްރަސީއެއް އޮތް ޕާޓީ ކަމަށެވެ.

އެޕާޓީން މިރޭ ހާމަކުރި ގޮތުގައި މިހަފުތާ ތެރޭ އަދި ބައެއް ފަރާތްތަކަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް ދޭނެއެވެ. އަދި އެއިގެ ފަހުން ޕްރައިމަރީ ބާއްވާނެ ތަންތަން ކަނޑައަޅައި އެކަމަށް ހުޅުވާލާނެ ކަމަށެވެ.

ވުމާއެކު މިހަފުތާ ނިމޭ އިރު ފުވައްމުލަކު އުތުރު ދާއިރާއާއި މެދު ދާއިރާއާއި މެދު ޕީޕިއެމުން ނިންމާ ގޮތެއް އެނގިގެންދާނެ ކަމަށް ބެލެވެއެވެ.

ބެލެވޭ ގޮތުގައި ޕީޕީއެމުން މަޖުލިސް ޕްރައިމަރީއެއް ބެއްވި ކަމުގައި ވިޔަސް ބާއްވާނީ ފުވައްމުލަކު އުތުރު ދާއިރާގައި އެކަންޏެވެ. މެދުދާއިރާގެ ޓިކެޓް ހަސަން ޚާލިދަށް ޕްރައިމަރީ އަކާއި ނުލައި ދޭނެ ކަމަށް ބެލެވެއެވެ.

މަސީހުގެ އިތުރުން ޕީޕީއެމް އިން ވަނީ އިތުރު 23 ފަރާތަކަށް ޕްރައިމަރީ އަކާއި ނުލާ މިރޭގެ ޖަލްސާގައި ޓިކެޓް ދީފައެވެ. އެފަރާތްތަކަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ފަރާތްތަކެކެވެ. އެއީ

ތިނަދޫ ދެކުނު ދާއިރާއަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު

ގަލޮޅު ދެކުނު ދާއިރާއަށް ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު

ކެލާ ދާއިރާއަށް އަލީ އާރިފާއި

ހޯރަފުށީ ދާއިރާއަށް މުހައްމަދު އިސްމާއިލާއި

ބާރަށު ދާއިރާ އިބްރާހިމް ސުޖާއު

ފުނަދޫ ދާއިރާ އަލީ ސަލީމު

ވެލިދޫ ދާއިރާ އަބްދުﷲ ޔާމީނު

މިލަންދޫ ދާއިރާ ހަސަން މުފީދު

އިނގުރާދޫ ދާއިރާ އިބްރާހިމް ފަލާހު

ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ

އޭދަފުށި ދާއިރާ އަހުމަދު ސަލީމް

ނައިފަރު ދާއިރާ އަހުމަދު ޝިޔާމު

ގުރައިދޫ ދާއިރާ އިބްރާހިމް ރިޒާ

މަހިބަދޫ ދާއިރާ އަހުމަދު ތޯރިގު

ނިލަންދޫ ދާއިރާ ޑރ އަބްދުﷲ ހަލީލު

ފޮނަދޫ ދާއިރާ އަބްދުއްރަހީމް އަބްދުﷲ

ގެމަނަފުށީ ދާއިރާ ޖަމީލް އުސްމާން

ގައްދޫ ދާއިރާ އަހުމަދު ރަޝީދާއި

މަޑަވެލި ދާއިރާ މުއާޒު މުހައްމަދު

ހުޅުދޫ ދާއިރާއަށް އަހުމަދު ޝާހިދު

ފޭދޫ ދާއިރާއަށް އިބްރާހިމް ދީދީ

މާފަންނު ދެކުނު ދާއިރާއަށް އަބްދުﷲ ރިފާއު

މާފަންނު މެދު ދާއިރާއަށް އަސްމާ ރަޝީދު

banner


ކިޔުންތެރިންގެ ޚިޔާލު