15 ޑިސެމްބަރ 2019 ( އާދީއްތަ )

އެމްޕީއެލް އަށް ޝާހިދު ސްޓެލްކޯއަށް މުޣުނީ އައްޔަންކޮށްފި

ބަދަރުތައް ބެލެހެއްޓުމަށް ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރަކަށް ޝާހިދު އަލީ އަދި ކަރަންޓް ޚިދުމަތްދިނުމަށް އުފައްދާފައިވާ ސަރުކާރު ކުންފުނި ސްޓެލްކޯގެ މެނެޖިންގ ޑިރެކްޓަރަކަށް ހަސަން މުޣުނީ ދެންމެ އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވީ، ސ. ހުޅުދޫ، ވާރުގެ، ޝާހިދު އަލީ ކަމަށާއި  ސްޓެލްކޯގެ މެނޭޖިން ޑިރެެކްޓަރަކަށް އައްޔަންކުރެއްވި ހ. ސަންދަލީގެ، ހަސަން މުގްނީއެވެ. ޝާހިދު އަކީ އެމްޑީޕީ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި ޝާޑު އައްޔަން ކޮށްފައި ވަނީ އެމްޑީޕީގެ ސްލޮޓެއްގަ އެވެ. މުޣުނީ ވަނީ ކުރިން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަންކޮށްފައެވެ.

ސަރުކާރުގެ ތިން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ޕްރައިވެޓައިޒޭޝަން ބޯޑުން ތިން ބޭފުޅަކު ވަނީ މިދިޔަ ހަފުތާގައި ހަމަޖައްސައިފަ އެވެ.

އެސްޓީއޯ އަށް ހަމަޖެއްސީ އެމްޓީސީސީގެ ސީއީއޯކަން ކުރިންކުރެއްވި ގ. ހައްދުންމަތީ ދެކުނުގޭ ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އެމްޑަބްލިއުއެސްސީ އަށް ހަމަޖެއްސީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރެއްވި، މ. ސީނު ކަރަންކާގޭ އާދަމް އާޒިމެވެ. އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކީ ގ. ޔުރެނަސް، މުހައްމަދު ރިޒްވީ އެވެ.


ކިޔުންތެރިންގެ ޚިޔާލު