A wide advertisement which will be shown on all devices. (700 x 100)

މިނިސްޓާރ މަލީހަށް ވަޒީރުންގެ މަޖިލީހުން ރުހުންދީފި

މަލީހު ކުރީ ނާއިބުރައީސާއި ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރ އަމީނާއިއެކު. ފޮޓޯ ފޭސްބުކު-މަލީހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ވަޒީރުކަމަށް އައްޔަނުކުރި މުހައްމަދު މަލީހު ޖަމާލަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. މިއަދު ހެދުނު ކުރިއަށްދާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަލީހަށް ރުހުންދީފައިވަނީ އެޖަލްސާގައި ބައިވެރިވެވަޑައިގަތް 70 މެމްބަރުންގެ އިއްތިފާގުންނެވެ. ވޯޓުގައި 70 މެމްބަރުން ބައިވެރިވެވަޑައިގަތްނަމަވެސް، މިއަދު ޖަލްސާއަށް 73 މެމްބަރަކު ހާޒިރުވެލެއްވިއެވެ.

މަލީހުގެ އިތުރުން އިތުރު 9 ވަޒީރަކަށް މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގަތް 70 މެމްބަރުންގެ ވޯޓުން ރުހުން ލިބުނެވެ.

  • ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
  • ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ
  • ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
  • ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
  • ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް
  • ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
  • އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ
  • ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ އަށް

މީގެ އިތުރުން 71 މެމްބަރަކުގެ ވޯޓާއިއެކު އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ފައިސަލަށް ރުހުން ލިބުނުއިރު ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަނުކުރި އަލީ ވަހީދަށް ރުހުން ލިބިވަޑައިގަތީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އަގުލަބިއްޔަތާ އެކުގައެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ރުހުން ލިބުނީ 68 ވޯޓުން ރުހުން ލިބުނުއިރު އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !