ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިތުރު ތިން ސްޓޭޓް މިނިސްޓަރުންނާއި ހަތަރު ނާއިބު މިނިސްޓަރުން އައްޔަން ކުރައްވައިފިއެވެ. މިއަދު އައްޔަން ކުރައްވާފައިވާ ސްޓޭޓް މިނިސްޓަރުންނާއި ނާއިބު މިނިސްޓަރުންގެ ތެރޭގައި، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރުގެ ނައިބަކަށް ފުވައްމުލަކު ދިގުވާނޑު، ސަވާ ޚާލިސް ޝަރީފާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ފުވައްމުލަކު މާދަޑު، ވެށި އަބްދުﷲ ރަޝީދު ހަސަން، ހިމެނެއެވެ.
އަބްދުﷲ ރަޝީދު އިތުރުން އައްޔަންކޮށްފައިވާ ސްޓޭޓް މިނިސްޓަރުންނަކީ:
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް (ހއ. ދިއްދޫ، ނައިލޯނުގެ) އާއި
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު (ސ.ހިތަދޫ، ރަށްދެބައިގެ) އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އައްޔަންކުރެއްވި ހަތަރު ނައިބުން މިނިސްޓަރުންގެ ތެރޭގައި ޚާލިސް ޝަރީފުގެ އިތުރުން ހިމެނެނީ
ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރުގެ ނައިބަކަށް ޒުހުރުﷲ ސިޔާދު (ގ. ބަހާރީގެ)އާއި
ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރުގެ ނައިބަކަށް މުހައްމަދު އާޒިމް (ގ. މަތިހުރާ)އާއި
ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓު މިނިސްޓަރުގެ ނައިބަކަށް މުހައްމަދު އަޒްމީލް (މ. ޔުނިކޯން) އެވެ.
މިތިން ސްޓޭޓް މިނިސްޓަރުންނާއި ހަތަރު ނާއިބު މިނިސްޓަރުންނާއިއެކު މިހާތަނަށް އައްޔަން ކުރެއްވި އަދަދު ވަނީ 24 އަށް އަރައިފަ އެވެ. އޭގެ އިތުރުން ރައީސް އޮފީހަށް ވެސް ސްޓޭޓް މިނިސްޓަރުން އަދި ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ނުވަ ބޭފުޅަކު މިހާތަނަށް ވަނީ އައްޔަން ކުރައްވައިފަ އެވެ.
މި ސަރުކާރަށް ސްޓޭޓް މިނިސްޓަރުންނާއި ނާއިބު މިނިސްޓަރުންނާއިއެކު ޖުމުލަ 89 މަގާމު އުފައްދަން ވަނީ ނިންމައިފަ އެވެ.