16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ފުވައްމުލަކު ސިޓީގެ ފްލެޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތް އާންމުކޮށްފި

ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ 150 ފްލެޓަށް ކުރިމަލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތް ފުވައްމުލަކު ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ. މިދިޔަ ބުދަ ދުވަހު އެކައުންސިލުން އާންމުކުރި މައުލޫމާތުގައިވާގޮތުން 150 ފްލެޓަށް އެދި 205 ފަރާތަކުންވަނީ ކުރިމަތިލާފައެވެ.

ފުވައްމުލަކުގައި އިމާރާތްކޮށްފައިވާ 150 ފްލެޓް ދޫކުރުމަށް ދެ ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. އެގޮތުން، ފުވައްމުލަކު ރައްޔިތުންނަށް ޚާއްސަކުރެވުނު ކެޓަގަރީ އޭ ގައި 120 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވަނީ 185 ފަރާތްކަމަށާއި، ކެޓެގަރީ ބީގެ ދަށުން ފުވައްމުލަކު ސިޓީއަށް ހިޖުރަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު 20 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވަނީ 20 ފަރާތްކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ޕޮއިންޓް ދީފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ 27 ޑިސެމްބަރ 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލަށް ޝަކުވާ ފޯމު ހުށަހެޅުމުގެ ފުރުޞަތު ވެސް ހުޅުވާލާފައިވާ ކަމަށް އެއިދާރާއިން ހާމަކުރެއެވެ.

ޕޮއިންޓް ދީފައިވާ ގޮތުގެ ތަފުސީލު އެއިދާރާގެ ފޭސްބުކު ޕޭޖަށްވެސް ވަނީ އަޕްލޯޑް ކޮށްފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު