24 ޖުލައި 2019 ( ބުދަ )

މާދަޑު ޓީމު މެޗަށް ތައްޔާރު ވަނީ. ފޮޓޯ ނަސްރު އަލީ-އެފްބީ

މާދަޑު އޮމަލާސް ސެމީ ފައިނަލަށް

މިރަށުގައި ކުރިޔަށްދާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ގުރޫޕު އޭގައި މިއަދު ހަވީރު މާދަޑު އޮމަލާސް ޓީމުން 3-0 ސެޓުން ދޫނޑިގަމު ޓީމު ބަލިކޮށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. އަދި މިރޭ ކުޅުނު މެޗުގައި 3-0 ސެޓުން މޮޅުވެ ފުނާޑު ޓީމުން ވަނީ މި ގްރޫޕުގެ އެއްވަނަ ހޯދާފައެވެ. ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ މާލެގަން ޓީމާއި ދޫނޑިގަން ޓީމްވަނީ މުބާރާތުން ކަޓާފައެވެ.

މާދަޑު ޓީމާއި ދޫނޑިގަން ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާދަޑު ޓީމުގެ ޖާޒީނަމްބަރު 5 ވަސަނަ އެވެ.

މާދަޑު ޓީމުގެ ކޯޗް މުހަންމަދު އިބްރާހިމް ދީދީ، (ޑީޑީ) ބުނީ ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި އުއްމީދަކީ ފައިނަލުގައި އެއްކޮޅުން ކުޅުން ކަމަށެވެ. ބޮޑަށް ލަފާ ކުރެވެނީ ސެމީ ފައިނަލުގައި ހޯދަޑު ޓީމާއި ކުޅެން ޖެހޭނެ ކަމަށެވެ.

ގްރޫޕް ސްޓޭޖުގެ ފަހުމެޗު މާދަމާ މިސްކިތްމަގު ޓީމާއި ދަޑިމަގު ޓީމު ބައްދަލުކުރާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު