A wide advertisement which will be shown on all devices. (700 x 100)

ހޯދަޑު ސްޕައިކަރސް ޓީމްގެ ކުޅުންތެރިންނާއި މެމްބަރ އަލީ ޝާހު ސަލާމެއް ނުކުރެއްވި !

ފުވައްމުލަކުގައި މިހާރު ކުރިޔަށްދާ ދެކުނު ދާއިރާގެ ގެ ވޮލީބޯޅަ މުބާރާތުގެ ގުރޫޕު ބީގައި މިމަހުގެ 27 ވަނަ ދުވަހު ދަޑިމަގު ރަނިން ޓީމް އާއި ހޯދަޑު ސްޕައިކަރސް ބައްދަލުކުރި މެއްޗަށްފަހު ހޯދަޑު ސްޕައިކަރސް ޓީމާއި ، ފުވައްމުލަކު އުތުރު ދައިރާގެ މެމްބަރ އަލީ ޝާޙް ސަލާމް ނުކުރައްވާ ކަމަށް ސޯޝަލް މިޑިއާގައި ވަހަކަ ދެކެވެން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ހޯދަޑު އަވަށަށް ނިސްބަތްވާ ، އަދި ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރޭންޗްގެ ކަސްޓަމަރ ސާރވިސް ޑިޕާރޓްމެންޓްގެ އެސިސްޓެންޓް މެނެޖަރ ހަސަން އަބްދުﷲ (ކޮށީތައި ހަސަނު ) ވަނީ ފެސްބުކްގައި ޝާހުއަށް ވަރަށްބޮށް ފާޑު ވިދާޅުވެފައެވެ.

” ކަލޯ ! ދަޑިމަގު އެމްޕީ (މެމްބަރަ ޝާޙު) ހޯދަޑު ކުޅުން ތެރިނާއި ސަލާމެއްވެސް ނުކުރި. ހަސަދަ ވެރިން ބަލި ނުވާކަމަށް ނުވާނެ ބަލި ކުރާނަން އަދިވެއްސް ކިތައްމެ ކަމަކުން ބަލި ކުރާނަން.” ހަސަން ގެ ފޭސްބުކް ޕޯސްޓުގައި ވެއެވެ. ހަސަން މި ޕޯސްޓުގައި ޝާހު ސިފަކޮއްފައިވަނީ ހަމައެކަނި ދަޑިމަގު އަވަށުގެ މެމްބަރެއްގެ ގޮތުގައި އެވެ .

ދަޑިމަގަށް ނިސްބަތްވާ ފުވައްމުލަކު އުތުރު ދައިރާގެ މެމްބަރ ޝާހު ހޯދަޑު ޓީމާއި ސަލާމް ނުކުރައްވާ ކަމަށް މިކަލް ނޫހަށްވެސް ވަރަށް އިތުބަރު ހުރިފަރާތަކުން ވަނީ ކަށަވަރު ކޮއްދީފައި އެވެ .

ޒަމާނުއްސުރެ ހޯދަޑު އަދި ދަޑިމަގަކީ ކުޅިވަރު މައިދާނުގައި ވަރަށް ވާދަވެރި ދެ އަވަށެވެ .އެހެން ނަމަވެސް މި ވާދަވެރިކަމުގެ ތެރެއަށް ،ދަނޑިމަގު،ދިގުވާނޑު އަދި ހޯދަޑު ރައްޔިތުން ތަމްސީލްކުރުމަށް އިންތިޙާބު ކޮއްފައި ހުރި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ބައިވެރިވުމަކީ، ދައިރާގެ ގިނަ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫނެވެ. ކޮންމެ ޕާޓީއަކަށް ނިސްބައްވިޔަސް އަދި ކޮންމެ އަވަށަކަށް ނިސްބަތްވިޔަސް އިންތިހާބު ވުމަށް ފަހު މުޅި ދައިރާގެ ރައްޔިތުންނާއި މެދު ކަންތައްކުރަން ޖެހޭނީ ހަމަހަމަކޮއް އެއް އުސޫލަކުންނެވެ. ވަކި އަވަށެއްގެ ޓީމަކާއި ސަލާމް ކުރުމަށް ފަހު ، އެނެއް އަވަށުގެ ޓީމާއި ސަލާމްނުކުރުމުގެ ސިޔާސަތު ގެންގުޅެގެން ނުވާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !