25 މާރިޗު 2019 ( ހޯމަ )

banner

ރާއްޖޭގެ މީހުން މަސްވރިކަން ކުރަނީ ދުނިޔޭގެ އެހެން ގައުމުތަކާއި ވަރަށް ތަފާތު ގޮތަކަށް ދޮށިގައި. ފޮޓޯ: ގްރީން ޕީސް

މިއަދަކީ ރާއްޖޭގައި ފާހަގަ ކުރާ މަސްވެރިންގެ ދުވަސް

މިއަދަކީ ރާއްޖޭގައި ފާހަގަ ކުރާ މަސްވެރިންގެ ދުވަހެވެ. މި ދުވަސް ފާހަގަ ކުރަނީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ކުރިން ލިބޭ މަސައްކަތަކަށް މަސްވެރިކަން ވެފައިވުމުން ނެވެ. ނަމަވެސް، މިހާރު މަސްވެރިކަމަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ މަސައްކަތެއް ނޫނެވެ. އެކަމަކު އަދި ވެސް އެންމެ ގިނަ މީހުންނަށް ބެހިގެންދާ ރާއްޖޭގެ އާމްދަނީއެއް ލިބޭ މަސައްކަތަކީ މަސްވެރިކަން ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

ޔަގީންކަމާއެކު އެގެން އޮތް ކަމަކީ ރާއްޖެއިން ބޭރަށް ވިއްކައިގެން ގައުމަށް އެންމެ ބޮޑު އާމްދަނީއެއް އަދިވެސް ލިބެނީ މަހުން ކަމެވެ. މަސްވރިކަމުގެ އުފެއްދުން ތަކުން ކަމެވެ. އެގޮތުން އެކްސްޕޯރޓް ކުރާ މަހުގެ ބާވަތްތަކަށް ބަލާއިރު،:

ފިނިކުރި ރޯ މަސް،

ގަނޑު ކުރި އައިސް މަސް،

ވަޅޯމަސް،

ހިކިމަސް،

ލޮނު މަސް

ދަޅާއި ޕެކެޓްގައި ބަންދުކުރި މަސް،

މަސްކުނޑި،

ދިރޭ މަސް ހިމެނެއެވެ.

މަސްވެރިންގެ ދުވަސް ޑިސެމްބަރު 10 ގައި ފާހަގަ ކުރަނީ ކީއްވެ؟

ކޮންމެ އަހަރަކު ޑިސެމްބަރު 10 އެއީ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކީއްވެގެން ކަމާއި މެދު ބައެއް މީހުން ސުވާލު އުފައްދަފާނެއެވެ.

ޑިސެމްބަރު 10 ވަނީ ކޮންމެ އަހަރަކު ވެސް އިރުވައި މޫސުން ފެށޭ މުލަ ނަކަތުގެ ފުރަތަމަ ދުވަހަށެވެ. ހުޅަނގު މޫސުމުގެ ގަދަ ދުވަސްތަކުގައި މަހަށް ފުރަން ދަތިވެ، މަސް ލިބޭ މިންވަރު މަދުވުމަށް ފަހު، އިރުވައި މޫސުން ފެށި ކަނޑުތައް މަޑުވެ، ގިނަ ދޯނިތަކަށް މަހަށް ފުރަން ފެށެނީ މޫސުމުގެ މިހިސާބުންނެވެ. އަދި މިއީ މަސްވެރިކަން އެންމެ ރަނގަޅު ދުވަސްތައް ފެށޭ ހިސާބު ކަމުގައި ބެލިފައި ވެއެވެ.

ވުމާއެކު، މަސްވެރިަކން ރަނގަޅު ދުވަސްތައް ފެށުމުގެ ގޮތުން މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ކަމަށް ބެލެވެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު