A wide advertisement which will be shown on all devices. (700 x 100)

ގްރޫޕު އެގެ އެއްވަނަ ފުނާޑު ޓީމަށް 2 ވަނަ މާދަޑު ޓީމަށް

ފުނާޑު ޓީމު ވ.

ފުވައްމުލަކުގައި މިހާރު ކުރިޔަށް ދާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ގުރޫޕު އޭގައި މިއަދު ހަވީރު ކުޅެވުނު މެޗު  ފުނާޑު ޓީމުގެ 0-3 ން ކާމިޔާބުކޮށް ގުރޫޕުގެ އެއްވަނަ މަގާމު ޔަގީން ކޮށްފިއެވެ. ފުނާޑު ޓީމުން މިމެޗު ކާމިޔާބު ކުރީ 25-27، 25-16 އަދި 2-18 އިން މާލެގަމު ޓީމު ބަލިކޮށްގެންނެވެ.

މިމެޗާއެކު ގުރޫޕު އޭގެ މެޗުތައް ނިމުނީއެވެ. މިގުރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ގޮސްފައި ވަނީ މާދަޑު ޓީމެވެ.

މިރޭ ކުޅެވޭނީ ގުރޫޕު ބީގެ ފަހުމެޗެވެ. މިމެޗުގެ ނަތީޖާ އެނގިގެން ނޫނީ މިގުރޫޕުން ސެމީއަށް ދާނެ ދެޓީމެއް ކަނޑައެއް ނޭޅޭނެއެވެ. ނަމަވެސް ބޮޑަށް ބެލެވެނީ ބީ ގްރޫޕުން މިސްކިތްމަގު ޓީމާއި ހޯދަޑު ޓީމު ސެމީއަށް ދާނެ ކަމަށެވެ.

މުބާރާތުގެ ސެމީގެ މެޗުތައް މާދަމާ ކުޅޭނެއެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ފުނާޑު ޓީމާއި ގްރޫޕް ބީން 1 ވަނަ ހޯދާ ޓީމެކެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މާދަޑު ޓީމާއި ގްރޫޕު ބީގެ ދެވަނަ ޓީމާއެވެ. އަދި މިމުބާރާތުގައި 3 ވަނަ ސެމީ ފައިނަލް މެޗެއްވެސް ކުޅޭނެއެވެ. އެމެޗުގައި ބައްދަލުކުރާނީ ސެމީ އިން ބަލިވާ ޓީމަކާއި ސެމީ 2 އިން މޮޅުވާ ޓީމެކެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !