A wide advertisement which will be shown on all devices. (700 x 100)

އީޔޫ އަދި ވޯލްޑް ބޭންކް ހިމެނޭ ޓީމު ދަނީ އައްޑުއަށް ބާ؟ ފުވައްމުލަކަށް ބާ؟

ފުވައްމުލަކު ޗަސްބިން އަދި ކުޅި ސަރަހައްދު

ފުވައްމުލަކާއި އައްޑޫގައި ހިމެނޭ ޗަސްބިމުން އިގުތިސާދީ ނަފާ ހޯދޭނޭ މަޝްރޫއެއް މިއަދު މާލޭގައި އިފުތިތާހު ކުރުމަށްފަހު މާދަމާ އީޔޫ އަދި ވޯލްޑް ބޭންކް މެމްބަރުން ހިމެނިގެން އެންވަޔަރމެންޓް މިނިސްޓްރީގެ ޓީމެއް ފުވައްމުލަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައި ވާކަމަށް ބައެއް މީޑިއާތަކުން ހާމަކުރެއެވެ. ނަމަވެސް ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިސްފަރާތަކުން މިކަން ޔަގީން ކޮށްދެވޭ ގޮތެއް ނުވިއެވެ. އަދި މިއަދު އެތީމު އައްޑުއަށް ދިޔަކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ސީކެޕް (ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް) އަކީ ޔޫރަޕިއަން ޔޫނިއަން އާއި އޮސްޓްރޭލިއަން އެއިޑްގެ ހިލޭ އެހީގެ ފަންޑަކުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތިން އަހަރު ދުވަހުގެ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ފުރަތަމަ ބައިގައި ވަނީ ރިޒޯޓްތަކެއްގެ ފަރުތައް ހިމާޔަތްކުރުމަށް ދިރާސާތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރމެންޓް މިނިސްޓަރު ތޯރިގު މީޑިއާއަށް ވިދާޅުވިއެވެ.

މުޅި މަޝްރޫއަށް 4.2 މިލިޔަން ޑޮލަރު (65 މިލިޔަން ރުފިޔާ) ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކާއި އައްޑޫގައި ހިމާޔަތް ކޮށްފައިވާ ކުޅީ ސަރަހައްދުތަކުގައި ހުރި ކުނިތައް، ގްރީން ހައުސް ގޭސްތައް އެންމެ ކުޑަކޮށް އުފެދޭނެ ގޮތަށް އަދި އެސަރަހައްދަކަށް އެންމެ ގެއްލުން ކުޑަ ގޮތަކަށް މެނޭޖް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަރަޔަމެންޓް މިނިސްޓްރީން ބުންޏެވެ.

މިމަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށުން މާދަމާ ފުވައްމުލަކުގައި ބާއްވާނެކަމަށް ބައެއް މީޑީއާތަކުން ހާމަކުރި ނަމަވެސް އަތޮޅު ކައުނިސްލުގެ އިސްފަރާތަކުން ބުނަނީ އެޓީމު މިއަދު އައްޑުއަށް ގޮސްފައިވާ ކަމަށާއި ފުވައްމުލަކަށް ޒިޔާރަތް ކުރެވޭނެ ގޮތެއް ނުވިކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !