20 އޯގަސްޓް 2019 ( އަންގާރަ )

މިނިސްޓަރުންނާއި، ސްޓޭޓުންނާއި ނާއިބުންނާއިއެކު 73 ފަރާތެއް އައްޔަންކުރައްވައިފި

މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި ނާއިބު މިނިސްޓަރުންގެ ގޮތުގައި އާ ސަރުކާރުން މިހާތަނަށް 73 ފަރާތެއް ވަނީ އައްޔަންކުރައްވާފައެވެ. މީގެ އިތުރުން 6 ފަރާތެއްވަނީ މިނިސްޓަރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އައްޔަންކުރައްވާފައެވެ. އެހެންކަމުން، ޖުމްލަ 79 ފަރާތެއް މިހާތަނަށް މިވަނީ އައްޔަންވެފައެވެ. އެއީ 20 މިނިސްޓަރުންނާއި މިނިސްޓަރުންގެ ފެންވަރުގައި ރައީސް އޮފީހަށް އައްޔަންކުރެވިފައިވާ 6 ފަރާތަކާއި، 32 ސްޓޭޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ރައީސް އޮފީހަށް އައްޔަންކޮށްފައިވާ 9 ފަރާތަކާއި 12 މިނިސްޓަރުންގެ ނާއިބުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ސިޔާސީ މަގާމުތަކަށް ހޭދަކުރާ މިންވަރު 20-30 އިންސައްތައާއި ދޭތެރޭ އަދަދަކަށް ކުޑަ ކުރާނެކަމަށް އާ ސަރުކާރާއި ހަވާލުވުމަށްޓަކައި އެކުލަވާލެވުނު ޓްރާންސިޝަނަލް ކޮމިޓީއިން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އާސަރުކާރުގައި އުފައްދާނީ 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ކަމަށް މިހާރު ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް، ސްޓޭޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކޮށްފައިވާ ސިފައިންގެއަށާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިމިގްރޭޝަނަށް އައްޔަންކޮށްފައިވާ މަގާމުތަކާއިއެކު މިހާތަނަށް 41 މަގާމަކަށް މިވަނީ މީހުން އައްޔަންކޮށްފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރުން އައްޔަންކޮށް ނުނިމޭތީވެ މިހާރު ނޫހުން ރިޕޯޓްކޮށްފައިވާ ޖުމްލަ 89 މަގާމަށްވުރެ ގިނަ މަގާމު އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.

މިހާތަނަށް އައްޔަންކޮށްފައިވާ މަގާމްތައް:

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ
މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް
މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު
މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާ
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން
އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު
މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ
ޗީފް އޮފް ސްޓާފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަލްއުސްތާޛު ޢަލީ ޒާހިރު
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަލީ ޝިޔާމް
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް
ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ, ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޑޮކްޓަރ މުޞްޠަފާ ލުޠުފީ
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ސަމީރު
ޗާންސެލަރ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޑޮކްޓަރ މުޙައްމަދު ލަޠީފް
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާން
ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޙުސައިން ޢާމިރު
ސެކްރެޓެރީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓް އެންޑް ޕްރޮޓޮކޯލް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ފާޠިމަތު މުޙައްމަދު ޞާލިޙް
ސެކްރެޓަރީ، ކެބިނެޓް އެފެއާޒް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަޙްމަދު ޙަސަންދީދީ
ޑެޕިއުޓީ ޗީފް އޮފް ސްޓާފް, ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޙުސައިން އާދަމް
ސެކްރެޓަރީ، ޕޮލިސީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އާމިނަތު ޝައުނާ
ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓްو ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް
ސެކްރެޓަރީ، ކޮމިއުނިކޭޝަންސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޙަސަން އިސްމާޢީލް
ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޞަބްރާ އިބްރާހީމް ނޫރައްދީން
ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އިބްރާހީމް ހޫދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް
ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ޙަސަން ޝުޖާޢު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ޢަލީ ނަޛީރު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އިސްމާޢިލް ޢަލީމަނިކު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަޙްމަދު ޝަރީފު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ ޝިފާޒް ޢަލީ
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު ޢަލީ
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން މުޙައްމަދު ހާޝިމް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަޙްމަދު އަފްޟަލް އިބްރާހީމް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ޢަލީ ޞާލިޙް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް މުޙައްމަދު ޒުހެއިރު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑޮކްޓަރ ޝާހް ޢަބްދުﷲ މާހިރު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ފާޠިމަތު ނަޞީރު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑޮކްޓަރ ޢަބްދުﷲ ރަޝީދު އަޙްމަދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙްމަދު ރިޔާޟް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަޙްމަދު ޒުހައިރު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެނޑް ސިވިލްއޭވިއޭޝަން އަޙްމަދު ޢާދިލް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް ޑޮކްޓަރ އަޙްމަދު ޞާލިޙް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ ޢިމާދް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު އިޢާދު ޙަމީދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޙަސަން ރަޝީދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މުޙައްމަދު އަޙްމަދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އައްޝައިޚް އިލްޔާސް ޖަމާލް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓް އަޙްމަދު ނަޝީދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަސްހަދު ޢަލީ
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު ރަޝީދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ފަޒްނާ ޝާކިރު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އަޙްމަދު މުޖްތަބާ
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑޮކްޓަރ ޢަބްދުﷲ ނަޞީރު
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރު
ޑެޕިއުޓީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބު ޢަބްދުﷲ ހުމައިދު
މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ނައިބު ޝަރުމާ ނަޞީރު
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނައިބު ހިދާޔާ ނަޞީރު
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނައިބު މުޙައްމަދު އިކްރާމް
މިނިސްޓަރ އޮފް ޓޫރިޒަމުގެ ނައިބު ޑޮކްޓަރ ނައުޝާދު މުޙައްމަދު
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބު އާމިނަތު މުޙައްމަދު ސަލީމް
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު އަޙްމަދުﷲ ޖަމީލް
މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ނައިބު ޒުހުރުﷲ ސިޔާދު
މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ނައިބު މުޙައްމަދު ޢާޡިމް
މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ނައިބު މުޙައްމަދު ޚާލިޞް ޝަރީފު
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބު މުޙައްމަދު އަޛުމީލު
މިނިސްޓަރ އޮފް އެންވަޔަރަންމަންޓުގެ ނައިބު މުޙައްމަދު ސަމީރު

 



ކިޔުންތެރިންގެ ޚިޔާލު