A wide advertisement which will be shown on all devices. (700 x 100)

ހެލްތީ ލައިފް ސްޓައިލްގެ ނަމުގައި ބޭއްވި ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ހެލްތީ ލައިފް ސްޓައިލްގެ ނަމުގައި ހިންގި ކަސްރަތު ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިޔަކަށް ޝަރަފްވެރި މެހްމާން ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ. ފޮޓޯ: ޕޮލިސް

ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ފުވައްމުލަކު ހޮސްޕިޓަލް ގުޅިގެން ބޭއްވި “ހެލްތީ ލައިފް ސްޓައިލް” ކަސްރަތު ޕްރޮގްރާމް ނިމި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ބައިވެރިންނާއި މުހާތަބުކޮށް ވިދާޅުވީ ފުލުހުންނަކީ ހަމައެކަނި ޤާނޫނު ތަންފީޒްކުރަން ތިބި ބައެއް ނޫންކަމަށާއި މިފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައިވެސް ފެނިގެންދާނެކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރައްޔިތުންނަށް އެތައް ގުނަ ގުނަ ފައިދާތަކެއްކުރާނެކަމަށާއި މިފަދަ ކަސްރަތު ޕްރޮގްރާމެއް ފުލުހުންނާއި ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަކަމަށްޓަކައި ފުލުހުންނަށާއި ހޮސްޕިޓަލަށް ޝުކުރު ދަންނަވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ “ހެލްތީ ލައިފް ސްޓައިލް” ގެ ނަމުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ން މެއި މަހުގެ 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 110 ބައިވެރިން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 50 ބައިވެރިންނެވެ.

މި ރަސްމިއްޔާތުގައި ޏ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙްމާން އާއި ޏ. އަތޮޅު ކައުންސިލް މެމްބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންނާއި ފުވައްމުލަކުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ކަސްރަތު ޕްރޮގްރާމުގެ ބައިވެރިންގެ އިތުރުން ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ރައްޔިތުން މަޖިލިސްގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޢަލީ ފަޒާދެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !