24 ޖުލައި 2019 ( ބުދަ )

ބޯޓަކުން އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު އުޖާލާ ބޯޓް އިން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަލް ނޫހަށް އެގިފައިވާ ގޮތުގައި މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މާލެގަން އަވަށުގެ މީހަކާއި ދަޑިމަގު އަވަށުގެ މީހެކެވެ. އޭގެ ތެރެއިން މާލެގަން އަވަށު މީހާއަކީ ދިގުވާނޑު އަވަށުގައި ދިރިއުޅޭ މީހެއްކަންވެސް އެގިފައިވެއެވެ. އަދި ހައްޔަރުކުރި ދެ މީހުންނަކީވެސް ފުވައްމުލަކުން މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް ހިފައިގެން މާލެއަށް ވިއްކުމުގެ މަސައްކަތް ކުރާ ދެމީހުންނެވެ.

މިކަލް ނޫހަށް އެގިފައިވާ ގޮތުގައި އުޖާލާ ބޯޓުން ގެނައި ފޮށިގަނޑެއްގެ ތެރެއިން ހޯދާފައިވަނީ ބްލެޓް ސައިޒްގެ 20 ޕެކެޓްގެ މަސްތުވާތަކެއްޗެވެ.

މިމައްސަލައާއި ގުޅިގެން މައްސަލަ އިތުރަށް ތަހުގީގް ކުރުމަށް، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްން ދެ މީހުންގެ ބަންދަށް 10 ދުވަސް ދީފައިވާކަމަށްވެސް އެގިފައިވެއެވެ. އަދި މިކަމާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ޚިޔާލު