22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ރައީސް ޔާމީންގެ ފުރަތަމަ ދައުރުގެ 3 ވަނަ ނާއިބް ރައީސަކަށްވާނީ މަސީހް: އާޒިމް

ދިވެހިރާއްޖޭގެ ފަސްވަނަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ ފުރަތަމަ ދައުރުގެ ތިންވަނަ ނާއިބް ރައީސަކަށް ވެވަޑައިގަންނަވާނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު ކަމަށް ހެންވޭރު މެދުދާއިރާގެ މެމްބަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ. އަލީ އާޒިމް މިހެން ވިދާޅުވެފައިވަނީ ޓްވިޓަރ މެދު ވެރިކޮށް ރޭ ކުރެއްވި ޓްވީޓެއްގައެވެ.

އާޒިމް މިހެން ވިދާޅުވެފައި މިވަނީ  ރައީސްގެ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހުއެވެ. އެ ހާދިސާ އާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅު “ފިނިފެންމާ” ގައި އެއްޗެއް ގޮވި ހާދިސާއަކީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ބަޔަކު ދިން ހަމަލާއެއް ކަމަށެވެ. ރިއާސީ ލޯންޗުކޮޅުގައި އެއްޗެއްގޮވި މިހާދިސާއާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނާއިބު ރައީސަށް އެކަމުގެ ތުހުމަތު ކުރަމުންނެވެ.

ރައީސް ޔާމީން، ރައީސް ކަމަށް އިންތިހާބުވެލެއްވީ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލްއާއެކުގައެވެ. ނަމަވެސް މުހައްމަދު ޖަމީލް ވަނީ ނައިބު ރައީސް ކަމުން ދުރުކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ނައިބު ރައީސް ކަމުގެ މަގާމު ދެއްވާފައެވެ. މަސީހް ނާއިބް ރައީސް ކަމުގެ މަގާމަށް އައްޔަން ކުރައްވައިފިނަމަ ފުވައްމުލަކަށް ނިސްބަތްވާ ދެ ވަނަ ނާއިބް ރައީސަކަށް މަސީހް ވެވަޑައިގަންނަވާނެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު