12 ނޮވެމްބަރ 2019 ( އަންގާރަ )

banner

އުތުރު ދާއިރާއިން ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރަޝީދު (ދޮންބެ)

ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ދޮންބެ

އަންނަ އަހަރު އޭޕްރީލް މަހު 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖުލީހުގެ ިއންތިޚާބުގައި ފުވައްމުލަކު އުތުރު ދާއިރާއިން ވާދަކުރާނެ ކެންޑިޑޭޓަކަށް މުހައްމަދު ރަޝީދު (ދޮންބެ) ހޮވިއްޖެއެވެ. ދޮންބެ އަށް އެމްޑީޕީ މަޖުލިސް ޓިކެޓް ލިބުނީ އެދާއިރާގެ ޕްރައިމަރީއަށް އެހެން މީހަކު މިފަހަރު ކުރިމަތި ނުލުމުންނެވެ.

އެމްޑީޕީން ހާމަކުރި ގޮތުގައި އެޕާޓީއިން މަޖުލިސް ޕްރަމަރީގައި ވާދަކުރުމަށް 280 މީހުން ފޯމު ހުށަހަޅާފައި ވެއެވެ. ރައްޔިތުންގެ މަޖުލީހުގެ 87 ދާއިރާގެ ތެރެއިން ފ. ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ފޯމު ހުށަހަޅާފައި ވެއެވެ.

މަޖުލީހުގެ 86 ދާއިރާގެ ތެރެއިން 9 ދާއިރާއަކަށް އެންމެ މެންބަރަކު ކުރިމަތިލާފައި ވުމުން ޕްރައިމަރީ ނުބާއްވައި އެފަރާތްތަކަށް ޓިކެޓް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވުމާއެކު ބާކީ އޮތް 77 ދާއިރާގައި އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެއެވެ. އަދި މި77 ދާއިރާއަށް 271 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. މިއީ އެވްރެޖުކޮށް ދާއިރާއަކަށް 3 މީހުނަށް ވުރެވެސް ގިނަ އަދަދެކެވެ. މިފަހަރު އެމްޑިޕީޓިކެޓް ހޯދުމަށް ކުރިމަތިލާފައިވަނީ 259 ފިރިހެނުންނާއި 21 އަންހެނުން ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު މީޑީއާގައި ވިދާޅުވިއެވެ.

އެންމެ ގިނަމީހުން އެމްޑީޕީ ޕްރަމަރީގައި މިފަހަރު ވާދަކުރަނީ ވިލިމާލެ ދާއިރާއަށެވެ. އެއީ 9 ކެންޑިޑޭޓުންނެވެ.

އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހު 18 ގައެވެ. ޕްރައިމަރީ އާއި ދިމާކޮށް އެޕާޓީއަށް ވަން މީހުން 33000 އަށް ވުރެ ގިނަ ކަމަށް ވެއެވެ.

ފުވައްމުލަކުގައި ހިމެނޭ އިންތިޚާބީ އަނެއް ދެ ދާއިރާއަށް 7 ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ. އެއީ

މެދު ދާއިރާ:

  1. ހުސެއިން މުހައްމަދު، ހުނުބޮލި، މާލެގަން
  2. އާއިޝަތު އާތިޔާ ނަސީރު، ހަޒާރުމާގެ، މާދަޑު
  3. މުޙައްމަދު މުސްތަފާ އަޙުމަދު، ކިނާރީގެ، މިސްކިތްމަގު

ދެކުނު ދާއިރާ

  1.  އަހްމަދު މައުރޫފް، ޖަމްނާ، ފުނާޑު
  2. އަޙުމަދު އިސާމު، ދިވިލި، ދޫޑިގަން
  3. އުމަރު އަބްދުﷲ، އުފާ، ފުނާޑު
  4. މުހައްމަދު މުންތާޒު، ޒިނިއާގެ، ދޫޑިގަން

ފުވައްމުލައް ސިޓީ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިިމަރީގައި ވާދަކުރާ ކެންޑިޑޭޓުން

ވުމާއެކު ބެލެވެނީ ދެދާއިރާގައި ޕްރަމަރީ އަންނަ ޖެނުއަރީ 18 ވަނަ ދުވަހު ބާއްވާނެ ކަމަށެެވެ



ކިޔުންތެރިންގެ ޚިޔާލު