A wide advertisement which will be shown on all devices. (700 x 100)

އަންނަ އަހަރު ކިޔެވުން ފަށާއިރު ޏ.އޭއީސީގެ ދަރިވަރުންނަށް ހެނދުނު ނާސްތާ ދޭނެ

ޏ.އޭއީސީ: އަންނަ އަހަރު ފަށާ ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ސްކޫލެއް

އެމްޑީޕީ ކޯލިޝަން ސަރުކާރުގެ ވައުދުތަކުގައި ހިމެނޭ ސްކޫލު ކުދިންނަށް ހެނދުނު ނާސްތާ ދިނުމުގެ ފުރަތަމަ މަރުހަލާ އަންނަ އަހަރު ކިޔެވުން ފެށޭއިރު ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކުރައްވައިފިއެވެ. އެގޮތުން އަންނަ އަހަރު ކިޔެވުން ފެށޭއިރު ޏ.އޭއީސީގެ ދަރިވަރުންނަށް ހެނދުނު ނާސްތާ ދޭގޮތަށް ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވައިފި އެވެ.

ހެނދުނުގެ ނާސްތާގެ ޕްރޮގްރާމް ފުރަމަތަ ފަށަނީ ރާއްޖޭގެ އެކި ސަރަހައްދުން 25 ސްކޫލެއްގައެވެ. އެއީ ރާއްޖޭގެ ކޮންމެ އަތޮޅަކުން 1 ސްކޫލާއި މާލެއިން މާލެއިން 5 ސްކޫލެކެވެ. މިސްކޫލް ތަކުން ވެސް ހެނދުނުގެ ނާސްތާ ދޭން އަދި ހަމަޖެހިފައި ވަނީ ހެނދުނުގެ ދަންފާޅީގެ ކުދިންނަށް އެކަންޏެވެ.

ދަރިވަރުންނަށް ދޭނެ ނާސްތާގެ މެނޫ ތައްޔާރު ކުރެވިފައި ވަނީ އދ.ގެ ކުޑަކުދިންނާއި ބެހޭ ޖަމްއިއްޔާ ޔުނިސެފުގެ ލަފާގެ މަތިންނެވެ. އެގޮތުން 10 މެނޫއެއް ތައްޔާރު ކުރެވިފައިވެއެވެ. މި މެނޫތައް ތައްޔާރުކުރެވިފައި ވަނީ ދަރިވަރުންގެ ސިއްހަތަށް ފައިދާ ލިބޭ ބައިތަކާއި ރާއްޖެއިން ލިބެން ހުރި ބާވަތްތަކަށް ބަލައިގެންނެވެ. މި މެނޫތައް ތައްޔާރު ކުރުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ނިއުޓްރިޝަނިސްޓްންގެ ލަފާ ހޯދަފައިވާ ކަމަށް ޔުނިސެފުގެ ފަރާތުން މިކަމުގައި ބައިވެރިވި ޕްރޮގްރާމް ސްޕެޝަލިސްޓް ޝަހްލާ އަހުމަދު ވިދާޅުވިއެވެ.

މެނޫތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް 3 މެނޫއަކަށް ނާސްތާ ލިބެން ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއްވިއެވެ.

ފުރަތަމަ ކޮޅު ދަރިވަރުން ނާސްތާ ކުރާނީ ކްލާހުގައި ކަމަށާއި ނަމަވެސް ފަހުން އެކަމަށް ޚާއްސަ ތަނެއް ސްކޫލްތަކުގައި ގާއިމުކުރެވޭނެ ކަމަށް ވެއެވެ.

ނާސްތާ ދިނުމުގައި ދަރިވަރުންގެ ރައްކާތެރިކަމަށް ޚާއްސަ ފިޔަވަޅުުތަކެއް އަޅަން ސްކޫލް ފެންވަރުގައި މަސައްކަތް ކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދަރިވަރުންނަށް ދެވޭ ކާބޯތަކެތީގެ ސާފުތާހިރުކަމާއި ތާޒާ ކަމާއި އެމަސައްކަތުގައި އުޅޭ ފަރާތްތަކާއި ތައްޔާރުކުރާ ތަނުގެ ސާފުތާހިރުކަން މޮނިޓަރ ކުރެވެމުން ދާނެ ކަމަށް ވިދާޅުވިއެވެ.

ފުރަތަމަ ނާސްތާ ދެވޭ 14720 ދަރިވަރުންގެ ތަޖުރިބާއަށް ބަލައި އިސްލާހު ކުރަން ޖެހޭ ކަންތައްތައް ރަނގަޅު ކުރެވެމުން ދާނެކަމަށް ވިދާޅުުވިއެވެ.

މިޕްރޮޖެކުޓު ފުރިހަމަ ވެގެން ދާއިރު ރާއްޖޭގެ 212 ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ވެސް ހެނދުނުގެ ނާސްތާ ދެވިގެން ދާނެއެވެ.

ހެނދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮގްރާމުގައި ހިމެނޭ ސްކޫލްތައް:

1- މަޖީދިއްޔާ ސްކޫލް

2- އަމީނިއްޔާ ސްކޫލް

3- އިސްކަންދަރު ސްކޫލް

4- މުހުޔިއްދީން ސްކޫލް

5- ހުރަވީ ސްކޫލް (ހުޅުމާލޭގައި އަލަށް ކިޔަވައިދޭން ފަށާ ސްކޫލް)

6- ހއ. ތަަކަންދޫ: ޝަހީދު އަލީ ތަކުރުފާން ސްކޫލް

7- ހދ. ނޭކުރެންދޫ ސްކޫލް

8- ށ. މިލަންދޫ ސްކޫލް

9- ނ. މާފަރު ސްކޫލް

10- ރ. ރަސްމާދޫ ސްކޫލް

11- ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)

12- ޅ. އަތޮޅު މަދަރުސާ (ކުރެންދޫ)

13- ކ. އަތޮޅު ތައުލީމީ މަރުކަޒު (ތުލުސްދޫ)

14- އއ. މާޅޮހު ސްކޫލް

15- އދ. އަތޮޅު ސްކޫލް (މާމިގިލި)

16- ވ. ފުލިދޫ ސްކޫލް

17- މ. ނާލާފުށި ސްކޫލް

18- ފ. އަތޮޅު ތައުލީމީ މަރުކަޒު (ނިލަންދޫ)

19- ދ. އަތޮޅު މަދަރުސާ (މީދޫ)

20- ތ. ބުރުނި ސްކޫލް

21- ލ. އަތޮޅު ސްކޫލް (މާބައިދޫ)

22- ގއ. ދާންދޫ ސްކޫލް

23- ގދ. އަތޮޅު ތައުލީމީ މަރުކަޒު (ގދ. ތިނަދޫ)

24- ޏ. އަތޮޅު ތައުލީމީ މަރުކަޒު

25- ސ. ޝަރަފުއްދީން ސްކޫލް (ސ. ހިތަދޫ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !