A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސްޓޭޑިއަމްގައި ކަސްރަތު ކުރާނެ ބެންޗުތަކެއް ހަދައިފި

ފުވައްމުލަކު ސްޓޭޑިއަމުގައި ހަދާފައިވާ ކަސްރަތުކުރާނެ ބެންޗުތައް

ކަސްރަތު ކުރާނެ ބެންޗުތަކެއް ފުވައްމުލަކު ސްޓޭޑިއަމްގައި ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ހަރުކޮށްފިއެވެ. މިއީ ފުވައްމުލަކު ސްޓޭޑިއަމްގެ ދުވާ ޓްރެކެ ބޭނުންކުރާ ފަރާތަތްކަށް ކަސްރަތު ކުރުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގައި ހަރުކުރި ބެންޗުތަކެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މި ފަހަކަށް އައިސް ފުވައްމުލަކު ސްޓޭޑިއަމްގެ ޓްރެކް އެކި އުމުރުފުރާގެ މީހުން ކަސްރަތު ކުރުމަށާއި ދުވުމަށް ބޭނުންކުރެއެވެ. މި ބެންޗުތަކުގެ ސަބަބުން އެ ސްޓެޑިމްގައި ކަސްރަތު ކުރަން ދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިހާރު ހަރުކުރެވިފައިވާ ބެންޗުތަކުން އޮށޯވެ އޮވެގެންނާއި އިށީދެ އިނދެގެން ކުރާ ކަސްރަތުތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

މިފަދަ ބެންޗުތަކާއި އައުޓު ޑޯ ޖިމްގެ ބައިތަކަކީ އެންމެންގެ ފަސޭހައަކަށް، ދުޅަހެޔޮ ހަށިގަނޑެއް ބިނާކޮށް ދެމެހެއްޓުމައްޓަކައި ކުރެވޭ މަސައްކަތަކަށް ވުމުން، މިފަދަ ތަންތަން ހަލާކު ނުކޮށް ގިނަ ދުވަހަށް ދެމެހެއްޓޭނެ ގޮތަކަށް އެތަންތަން ބޭނުންކުރާ ފަރާތްތަކުން ވެސް ސަމާލުކަން ދޭން ޖެހެއެވެ.

މީގެ އިތުރުން މިފަދަ ބެންޗުތައް ކައިރީ އާދައިގެ ގޮތަކަށް ހަދާލެވޭ ކަސްރަތުކުރާ ކަހަލަ ބަރުތަކެއް ބެހެއްޓިއްޖެ ނަމަ އެއިގެ ބޭނުންވެސް ގިނަ ބަޔަކު ކުރާނެ ކަމަށް ބެލެވެއެވެ.

މިކަން ހާމަވަނީ މާލޭގެ ޓްރެކް ދަނޑުގައި ވެސް ބެންޗުތައް ކައިރީ ކޮންމެވެސް ވަރަކަށް އާދައިގެ ދަނގަނޑު ހިމަ ހޮޅ އާއި ކިރުހުސްކުރި ދަޅަށް ސިމެންތި އަޅައިގެން ހަދާފައި ހުރި ބަރުތައް ވެސް ގިނަ ބަޔަކު ބޭނުން ކުރަމުންދާތަން ފެނެއެވެ. ކޮންމެހެން އެއީ އެންމެ ޕްރޮފެޝަނަލް ކަސްރަތު އާލާތްތަކަށް ނުވިޔަސް، ކަސްރަތުގެ ބޭނުންތަކަށް ފުދޭ އެއްޗަކަށް ވާނަމަ އެއިގެ ބޭނުން ހިފުމުގެ އާދަ ހަރުލުމަށް ވެސް ބާރު އެޅިގެންދާނެ އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !