26 ޖޫޏް 2019 ( ބުދަ )

ބީޕީއޭ ނުހުންނަ ފެންއަޅާ ފުޅި- މާކެޓުން ލިބެން ހުރޭ

ގްރޭޑް 1 ގެ ދަރިވަރުންނަށް އަލުން ބޭނުންކުރެވޭ ފެންއަޅާ ފުޅި ހިލޭ ބަހަނީ

އަންނަ އަހަރު ގްރޭޑް 1 ގައި ކިޔާވާ ހުރިހާ ދަރިވަރުންނަށް އަލުން ބޭނުންކުރެވޭ ފެންއަޅާ ފުޅި ބަހަން ހަމޖައްސައްިފިއެވެ. މިކަން ހަމަޖެއްސީ ތިމާވެއްޓާއި ބެހޭ އާއި މިނިސްޓރީ އޮފް އެޑިއުކޭޝަނާއި ޔުނިސެފް މޯލްޑިިވްސް ގުޅިގެންނެވެ. މިކަން ހާމަކޮށް އެންވަރމެންޓް މިނިސްޓރީން މިއަދު ވަނީ ޓްވީޓުކޮށްފައެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ އެއްފަހަރާ ބޭނުންކުރާ ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމަށް ބާރުއެޅުމާއި ޕްލާސްޓިކު ކުނި މަދުކުރުން ކަމަށް ތިމާވެއްޓާއި ބެހޭ މިނިސްޓރީން ކުރި ޓްވީޓްގައި ވެއެވެ.

ފުވައްމުލަކުގައި އަންނަ އަހަރު ގްރޭޑް 1 ގައި ކިޔަވާނެ ކަމަށް ބެލެވެނީ 150 ހެއް ހާ ދަރިވަރުންނެވެ. މުޅިރާއްޖެގައި އަންނަ އަހަރު ގްރޭޑް 1 ގައި ކިޔަވާނެކަމަށް ބެލެވެނީ 7500 ހާ ދަރިވަރުންނެވެ.

ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން ބާރު އަޅަނީ ހަމައެކަނި އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ނޫނެވެ. އެއިގެ ސަބަބުން ސިއްހަތައް ލިބިދާނެ ގެއްލުމަކުން ވެސް ސަލާމަތް ވުމަށެވެ. ނަމަވެސް މިކަން ގިނަބަޔަކަށް އޮންނަނީ ނޭނގިފައެވެ.

މޭވާގެ ތާސީރު ހަށިގަނޑާށް ފެނާއެކު ލިބޭގޮތަށް އިންފިއުޒަރ ހުންނަ ފެންއަޅާ ފުޅި އަކީވެސް ބީޕީއޭ ފްރީ ފުޅިއެއް – އެމޭޒަން އިން ލިބެން އެބަހުރި

އެއްފަހަރާ ބޭނުންކުރަން ހުންނަ ޕްލާސްޓިކުން ސިއްހަތަށް ލިބޭ ގެއްލުން

އެއްފަހަރު ބޭނުންކުރަން ތައްޔާރުކުރެވިފައި ހުންނަ ޕްލާސްޓިކް ފުޅިތައް އުފެއްދުމަށް ބޭނުން ކުރާ ބިސްފެނޯލް-އޭ (ބީޕީއޭ) އަކީ ސިއްހަތަށް ރައްކާތެރި އެއްޗެއް ނޫންކަމަށް ކަނޑައަަޅައި، 2008 ން ފެށިގެން އެމެރިކާ އަދި ޔޫރަޕްގައި ވަނީ އެފަދަ ބައިތައް ކުޑަކުދިންގެ އުފެއްދުން ތަކުގައި ބޭނުންކުރުން މަނާ ކޮށްފައެވެ.

ބިސްފެނޯލް އޭ އަކީ ‘ޒެނޯއެސްޓްރޯޖެން’ އުފައްދާ ބާވަތެކެވެ. ޒެނޯއެސްޓްރޯޖެންއަކީ ހަށިގަނޑުގައި ހިމެނޭ މުހިންމު ހޯމޯނެއް ކަމަށްވާ އެސްޓްރޯޖަންގެ ހަރަކާތްތަކާއި އެއްގޮތަކަށް ހަރަކާތްތެރިވާ މާއްދާއެވެ. އޒެނޫއެސްޓްރޯޖެން އަކީ ހަށިގަނޑުގެ ނިޒާމުތަކަށް ބަދަލުތައް ގެނުވާ ގެއްލުންދެނިވި ބާވަތެއްކަމަށް ދިރާސާތަކުން ވަނީ ސާބިތުވެފައެވެ.

ޒެނޯއެސްޓްރޯޖެންގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ހޯމޯނަލް ސިސްޓަމަށް (އެންޑޯކްރައިން ސިސްޓަމްތަކަށް) ބަދަލުތަކެއް ގެނުވައެވެ. އެގޮތުން މީހާގެ މޫޑު ބަދަލުވުމާއި، ހަށިގަނޑުގެ ޓީޝޫ ތައް މަސައްކަތް ކުރާ ގޮތަށް ބަދަލުއައުމާއި، ހަށިގަނޑުގައި އެކުލެވޭ ކެމިކަލް ރިއެކްޝަންތަކަށް ބަދަލުއައުން ހިމެނެއެނެ. މިކަންކަމާއި ގުޅިގެން މީހާގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށް އިލްމީ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ.

ހައިކޮލިޓީ ބީޕީއޭ ފްރީ ފެންއަޅާ ފުޅި -އެމޭޒަން

އެއްފަހަރާ ބޭނުންކުރާ ޕްލާސްޓިކް ފުޅިތައް ދޫކޮށްލުމަށް ކުރެވޭ މަސައްކަތަކީ މުހިންމު މަސައްކަތެކެވެ. އަދި އެއާއި އެއްވަރަށް ބިސްފެނޯލް އޭ (ބީޕީއޭ) ބޭނުންކޮށްފައި ނުހުންނަ ފުޅިތައް ފަސޭހައި ލިބޭގޮތް ހެދުމާއި، އަގު ހެޔޮކުރެވޭތޯ މަސައްކަތް ކުރަން ޖެހެއެވެ.

ދުނިޔޭގެ މާކެޓްގައި މިފަދަ ފުޅިތައް މިހާރު އުފައްދައި މާކެޓް ކުރަމުން އާދެއެވެ. އޭގެ ބައެއް މިސާލުތައް ފޮޓޯގައި އެވަނީ އެވެ. ރާއްޖޭގެ ބާޒާރުންނާއި އެމޭޒަން ޑޮޓްކޮމް އިންވެސް ލިބެން ހުރެއެވެ.



ކިޔުންތެރިންގެ ޚިޔާލު