20 ސެޕްޓެމްބަރ 2019 ( ހުކުރު )

ވެލައްސަރު ރިޒޯޓުން ވަނީ ތިމާވެއްޓާއި ރައްޓެހި އެޑިބް ހޮޅި ހޮޅި ބުއިންތަކާއެކު ފޯރުކޮށްދޭން ފަށާފައި.

ކާލެވޭ ހޮޅި ވެލައްސަރު ރިސޯޓުގައި ތައާރަފުކޮށްފި

ޖޫސް ފަދަ ދިޔާ އެއްޗެހި ބުއިމަށް ބޭނުންކުރާ ކާލެވޭ (އެޑިބްލް) ހޮޅި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވެލައްސަރު ރިޒޯޓު އިން ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގައި އެއްފަހަރާ ބޭނުންކުރެވޭ ޕްލާސްޓިކު މަދުކުރުމުގެ ގައުމީ ކެމްޕޭންގައި އެރިޒޯޓުން ބައިވެރިވުމުގެ ގޮތުން ތައާރަފުކުރި ކާލެވޭ ހޮޅިތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭރުން ޖޫސްފަދަ ބުއިންތަކަށްފަހު ހޮޅި އެއްލާލާކަށެއް ނުޖެހޭނެއެވެ. ހޮޅި ކާލެވޭނެއެވެ.

ވެލައްސަރުގައި ތައާރަފުކުރި ހޮޅިތަކުގެ ތެރޭގައި “ޗޮކްލެޓާއި ސްޓްރޯޯބެރީގެ ރަހަ ހިމަނައިގެން ކެއުމަށް އެކަށީގެންވާ މައްދާތަކުން އުފައްދާފައިވާ ހޮޅިތައް ހިމެނެއެވެ. މީގެ އިތުރުން  ބައެއް ހޮޅިތަކަކީ އެއްވެސް ރަހައެއް ނުލގޮތަސް ތައްޔާރުކުރެވިފައިވާ ކާލެވޭ ހޮޅިތަކެކެވެ.

މާލެއާއި 25 މިނިޓް ދުރުގައި އޮންނަ ވެލައްސަރު ރިޒޯޓުގައި 5 ރެސްޓޯރެންޓެއް ހުރެއެވެ. އެހުރިހާ ރެސްޓޯރެންޓަކުން މެހުމާނުންނަށް އެޑިބްލް ހޮޅި ފޯރުކޮށް ދެވޭނެކަމަށް ވެއެވެ.

އެއްފަހަރާ ބޭނުންކުރުމަށް ތައްޔާރުކުރެވިފައި ހުންނަ ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމަސް ސްކޫލްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން އެ ކައުންސިލުން ބޭނުންކުރާ ފެންފުޅިތަކަކީ ރިޔޫޒަބްލް، ބީޕީއޭ ނުހިމެނޭ ފުޅިތަކަކަށް ވަނީ ބަދަލުކޮށްފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގައި އެއްފަހަރާ ބޭނުންކުރާ ޕްލާސްޓިކު ފުޅި ބޭނުން ކުރުން ވަނީ ހުއްޓާލާފައި

މިފަދަ ފުޅިތަކުން ގެއްލުންވަނީ ހަމައެކަނި ތިމާވެއްޓަށް އެކަންޏެއް ނޫނެވެ.

އެއްފަހަރާ ބޭނުންކުރަން ހަދާފައި ހުންނަ ޕްލާސްޓިކުން ސިއްހަތަށް ލިބޭ ގެއްލުން

އެއްފަހަރު ބޭނުންކުރަން ތައްޔާރުކުރެވިފައި ހުންނަ ޕްލާސްޓިކް ފުޅިތައް އުފެއްދުމަށް ބޭނުން ކުރާ ބިސްފެނޯލް-އޭ (ބީޕީއޭ) އަކީ ސިއްހަތަށް ރައްކާތެރި އެއްޗެއް ނޫންކަމަށް ކަނޑައަަޅައި، 2008 ން ފެށިގެން އެމެރިކާ އަދި ޔޫރަޕްގައި ވަނީ އެފަދަ ބައިތައް ކުޑަކުދިންގެ އުފެއްދުން ތަކުގައި ބޭނުންކުރުން މަނާ ކޮށްފައެވެ.

ބިސްފެނޯލް އޭ އަކީ ‘ޒެނޯއެސްޓްރޯޖެން’ އުފައްދާ ބާވަތެކެވެ. ޒެނޯއެސްޓްރޯޖެންއަކީ ހަށިގަނޑުގައި ހިމެނޭ މުހިންމު ހޯމޯނެއް ކަމަށްވާ އެސްޓްރޯޖަންގެ ހަރަކާތްތަކާއި އެއްގޮތަކަށް ހަރަކާތްތެރިވާ މާއްދާއެވެ. އޒެނޫއެސްޓްރޯޖެން އަކީ ހަށިގަނޑުގެ ނިޒާމުތަކަށް ބަދަލުތައް ގެނުވާ ގެއްލުންދެނިވި ބާވަތެއްކަމަށް ދިރާސާތަކުން ވަނީ ސާބިތުވެފައެވެ.

ޒެނޯ އެސްޓްރޯޖެންގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ހޯމޯނަލް ސިސްޓަމަށް (އެންޑޯކްރައިން ސިސްޓަމްތަކަށް) ބަދަލުތަކެއް ގެނުވައެވެ. އެގޮތުން މީހާގެ މޫޑު ބަދަލުވުމާއި، ހަށިގަނޑުގެ ޓީޝޫ ތައް މަސައްކަތް ކުރާ ގޮތަށް ބަދަލުއައުމާއި، ހަށިގަނޑުގައި އެކުލެވޭ ކެމިކަލް ރިއެކްޝަންތަކަށް ބަދަލުއައުން ހިމެނެއެވެ. ކަންކަމާއި ގުޅިގެން މީހާގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށް އިލްމީ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ.



ކިޔުންތެރިންގެ ޚިޔާލު