26 ޖޫޏް 2019 ( ބުދަ )

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިން ފުވައްމުލަކުގައި ބޭއްވި އަތުގުޅާލުމެއް

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް މާދަމާ ފާހަގަކުރަނީ

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް މާދަމާ ފާހަގަކުރަން ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލައް-ފުލުހުން ގުޅިގެން ތައްޔާރުވަމުން އެބައާދެއެވެ. މާދަމާ، 26 ޑިސެމްބަރ އަކީ ރއްޖޭގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރަމުންދަނީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި، ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެންނެވެ. އެދުވަހުގެ ހާދިސާގައި ފުވައްމުލަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ އުތުރު ބިތުގެ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ. ސުނާމީގެ ގެއްލުމާއި ގުޅިގެން މުޅިން އަލަށް އާބަދުވި ރަށެއްގެ ގޮތުގައި ރ.ދުވާފަރު ފާހަގަކޮށް ލެވެއެވެ. އަދި އަލުން ބިނާކުރަން ޖެހުނުރަށެއްގެ ގޮތުގައި ތ.ވިލިފުށި ފާހަގަ ކޮށްލެވެއެއެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގައި ފުވައްމުލަކުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި އާއްމުން އެކުގައި ބޮޑު އަތުގުޅާލުމެއް ފުވައްމުލަކު ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އަތުގުޅާލުމަކީ 2004ގެ ސުނާމީއަށް ފަހު ދިވެންހިން އެކަކު އަނެކަކަށް އެހީތެރިވުމުގެ ގޮތުން ދެއްކި ނަމޫނާ އެއްބައިވަންތަކަން ހަނދާންކޮށް އެފަދަ އެއްބައިވަންތަ ކެމެއް މިގައުމުގައި ދެމެހެއްތުމުގެ ބޭނުމުގައި ކުރިޔަށް ގެންދެވޭ ހަރަކާތެކެވެ.

މާދަމާގެ އަތުގުޅާލުމުގައި އާއިލާއާއި ރައްޓެހިންނާއި އެކު ބައިވެރިވުމަށް މިކަން އިންތިޒާމުކުރާ ފަރާތުން ވަނީ އެދިފައެވެ. އެވެ. ވުމާއެކު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ބައިވެރިވެވޭނެއެވެ.

މިހަރަކާތް ކުރިޔަށް ގެންދިއުމަށް ރޭވިފައި ވަނީ މާދަމާ، ބުދަ ދުވަހު ހަވީރު 4:30 ން ފެށިގެންނެވެ.

މާދަމާގެ އަތުގުޅާލުމުގެ ހަރަކާތުގައި 1 މިނިޓުގެ ހަމަހިމޭން ކަމުގެ ސުލޫތެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު ހުސޭން ނާސިހު މައުލޫމތު ދެއްވިއެވެ. މާދަމާ ގެ އަތުގުޅާލުމުގެ ހަރަކާތް ކުރިޔަށް ދާއިރު އެސަރަހައްދުގައި ޓްރެފިކަށް އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކު-ފުލުހުން ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިންވެސް ފުވައްމުލަކުގައި ވަނި ގައުމީ އެއްބައިވަންތަކުކަމުގެ ދުވަސް އާއްމުން ބައިވެރިކޮށްގެން ފާހަގަ ކޮށްފައެވެ.



ކިޔުންތެރިންގެ ޚިޔާލު