18 ސެޕްޓެމްބަރ 2019 ( ބުދަ )

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އިންތިޚާބުގެ ވޯޓު ފޮށި ބަހައްޓާ ތަންތަން

އތމ ކޮމެޓީ އިންތިޚާބުގެ ވޯޓު ފޮށި ބަހައްޓާތަން ކަނޑައަޅައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ފުވައްމުލައް ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާމެޓީ އިންތިޚާބުގެ ވޯޓު ފޮށި ބަހައްޓާ ތަން ފުވައްމުލައް ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.  މިއިންތިޚާބުގައި ވޯޓުލުމަށް ފުވައްމުލައް ސިޓީގެ 8 އަވަށުގައި ވެސް ވޯޓު ފޮށި ބަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބުގައި ފުވައްމުލަކުގެ 3 ދާއިރާއިން، ކޮންމެ ދާއިރާއަކުން 1 މެންބަރަކު ހޮވުމަށް ވޯޓުލާނެއެވެ.

މައިގަނޑު ގޮތެއްގައި ވޯޓު ފޮށިތައް ބެހެއްޓެނީ އެއަވަށް ހިމެނޭ ސަރަހައްދުގެ ސްކޫލް ތަކުގައެވެ.

އުތުރު ދާއިރާ:

މިދާއިރާގައި ހިމެނޭ 3 އަވަށުން ވާދަކުރަނީ 2 ކެންޑިޑޭޓުންނެވެ.

މިދާއިރާގެ ވޯޓު ފޮށިތައް ބެހެއްޓެނީ: 3 ވޯޓް ފޮށި

ދަޑިމަގު އަދި ދިގުވާނޑު – އެމްޖޭއެސް

ހޯދަޑު – އަބޫބަކުރު ސްކޫލް

މެދު ދާއިރާ:

މިދާއިރާގައި ހިމެނޭ 3 އަވަށުން 4 ކެނޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.

މިދާއިރާގެ ވޯޓު ފޮށިތައް ބެހެއްޓެނީ: 3 ވޯޓް ފޮށި

މާދަޑު  – ކުރުނދުމާ މާލަމުގައި

މިސްކިތްމަގު – ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި

މާލެގަން – ޒިކުރާ ކޮލެޖު މާލެގަން ކެމްޕަސް

ދެކުނު ދާއިރާ:

މިދާއިރާގައި ހިމެނޭ 2 އަވަށުން 7 ކެނޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.

މިދާއިރާގެ ވޯޓު ފޮށިތައް ބެހެއްޓެނީ: 2 ވޯޓް ފޮށި

ފުނާޑު  – ހާފިޒު އަހުމަދު ސްކޫލް

ދޫނޑިިގަން – ފުވައްމުލަކު ސްކޫލް

 

ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިޚާބުގެ ފޯރި ފުވައްމުލަކުގެ 3 ދާއިރާގައި ވެސް ވަރަށް ގަދަކަމަށް ވެއެވެ.

ބައެއް ފަރާތްތަކުން މިއިންތިާޚބުގެ ކެންޑިޑޭޓުންނާއި ޕާޓީތަކާއި ގުޅުވަިއގެން ކީކަމުގައި ވިޔަސް މިއީ ޕާޓީތަކާއި އެއްވެސް ގުޅުމެއް އޮތް އިންތިޚާބެއް ނޫނެވެ.

މިއީ ކޮންމެ ދާއިރާއެއް ވެސް ތަމްސީލު ކުރަން ސިޓީ ފެންވަރުގައި އެދާއިރާއަކުން ހޮވާލެވޭ އެދާއިރާގެ އަންހެން ކަނބަލެކެވެ. ކޮންމެހެން ޕާޓީއެއްގެ މެންބަރަކަށް ވެސް ވާކަށް ނުޖެހެއެވެ.



ކިޔުންތެރިންގެ ޚިޔާލު