17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

އެސްސީގެ ވަޒީފާއަށް ވަނުމަށް ޓެސްޓް ދިނުމުގެ އެއްބަސްވުމުގައި ޑިޕީއީ އާއެކު ސޮއިކުރުން. ފޮޓޯ ސީއެސްސީ

ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ޓެސްޓެއް ހަދަން ޖެހޭގޮތަށް ހަމަޖައްސައިފި

ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ޓެސްޓެއް ހަދަން ޖެހޭގޮތަށް އެކޮމިޝަނުން ނިންމައިފިއެވެ. އެގޮތުން ހަތަރު ދާއިރާއަކުން އިމްތިހާނު ކުރެވޭގޮތަށް ދެވޭ މިޓެސްޓް އަންނަ ޑިސެމްބަރު މަހުން ފެށިގެން އަހަރަކު ދެފަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިޓެސްޓްގެ ކަންތައްތައް ބެލެހެއްޓުމަށް ޕަބްލިކް އެގްޒަމިނޭޝަނާއި ދެމެދު ވަނީ އެއްބަސްވުމެއްގައި އިއްޔެ ސޮއި ކޮށްފައިވެއެވެ.

ޑީޕީއީން ހާމަކުރާ ގޮތުން މިޓެސްޓް ރާއްޖޭގެ ހުރިހާ ރަށެއްގައި އޯލެވެލް އަދި އޭލެވެ އިމްތިހާނާއެކު ބޭއްވުމުން ޚަރަދުތައް ކުޑަވެ ފަސޭކަމާއެކު ބޭއްވިގެން ދާނެއެވެ. މިއިމްތިހާނުގައި ސުވާލު ކުރެވޭނެ 4 ދައިރާއަކީ 1. އިދާރީ މަސައްކަތަށް ބޭނުންވާ މައުލޫމާތު، 2. ރަނގަޅަށް މުއާސަލާތުކުރުމާއި މުއާމަލާތު ކުރުމުގެ ހުނަރު، 3. ސިވިވިލް ސާވިސްގެ ގަވައިދުތަކާއި އުސޫލުތައް، 4. ދިވެހި ބަހާއި ލިޔުންތެރިކަމުގެ ހުނަރު ކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ.

ސިވިލްސާވިސް އިން ތައާރަފުކުރާ މިއިމްތިހާނަކީ 3 އަހަރުން މުއްދަތު ހަމަވެ، ބޭނުން ކެޑޭ އިމްތިހާނެކެވެ. މިއިމްތިހާނުގައި ބައިވެރިވުމަށް 150 ރ. ގެ ފީއެއް ދައްކަން ޖެހޭ އިރު ފާސްވުމަށް %75 މާކްސް ހޯދަން ޖެހެއެވެ. އަލަށް އޯލެވެލް ނިންމާ ކުދިންނަށް ވެސް މިޓެސްޓް ހެދިދާނެއެވެ. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ސަޕޯޓް ސްޓާފް ލެވެލް (މަސައްކަތު މީހުން) އިން ފެށިގެން އެގްޒެކެޓިވް އެވެލްއާއި ހަމައަށް ކޮންމެ މުވައްޒަފަކު ވެސް މި އިމްތިހާނު ހަދަން ޖެހެއެވެ. އަދި ވަޒީފާ ބަދަލުވާ މީހުންވެސް ހަދަން ޖެހޭނެއެވެ.

ސީއެސްސީ ބުނާ ގޮތުގައި މިއިމްތިހާނުގެ ބޭނުމަކީ ވަޒީފާތަކަށް ވައްދާ މީހުންނަށް ގާބިލުކަމާއި މަސައްކަތުގެ ހުނަރު އިތުރު ކުރުމެވެ. އަދި މިފަދަ އިމްތިހާނެއްގެ ސަބަބުން މަސައްކަތުގެ އަޚުލާގާއި އޮފީސް އަޚުލާގު ރަނގަޅުވެ އެކަމަށް ހޭލުންތެރިކަން އިތުރު ވެގެން ދާނެކަމަށް ސީއެސީގެ ރައީސް ޑރ.އަލީ ޝަމީމު ވިދާޅުވިއެވެ.

ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން ބޭނުންވަނީ އެސާރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސްޓާފް ލެވެލް އިން ފެށިގެން އެގްޒެކެޓިވް ލެވެލްއާއި ދޭތެރޭގައި ކޮންމެ މުވައްޒަފެއްގެ ކިބައިގައި ވަކި ކަހަލަ ހުނަރުތަކެއް ހުރުމަށް ކަމަށް އެކޮމިޝަނުން ހާމަކުރެއެވެ. އެ ކޮމިޝަނަށް ދެކޭގޮތުގައި މިފަދަ ޤާބިލްކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާފައިވާ މުގައްރަރެއްގެ މައްޗަށް ދެވޭ އިމްތިހާނަކުން މިފަދަ ހުނަރުތައް ލިބިގެން ދާނެއެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު