26 ޖޫޏް 2019 ( ބުދަ )

ފަހާ ކޯސް ހިންގާ ސޭންޑީ - ފުވައްމުލަކުން އެޑްވާންސަށް ފައިސާ ނަގާފައި ކޯސް ނުހިންގާ

ފަހާ ‘ސެން ޑީ’ ފައިސާނަގައި ކޯސް ނުހިންގާ ފުރައިގެން ގޮސްފި

މަޝްހޫރު ފެނުންތެރިޔާ ހުސޭން ޝާދިޔާން ހަސަން (ސޭން ޑީ) ފާހާ ކޯހެއް ހިންގުމަށް ފުވައްމުލަކުގެ ބައެއްގެ އަތުން އެޑްވާންސަށް ފައިސާ ނެގުމަށް ފަހު ކޯސް ނުހިންގާ ރަށުން ފުރައިގެން ގޮސްފިއެވެ. މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލަކުގައި ފަހާ ކޯސް ހިންގުމަށް ކަމަށް އެއްބަސްވެ އެޑްވާންސް ފައިސާގެ ގޮތުގައި 15 މީހުން، ކޮންމެ މީހެއްގެ އަތުން 500 ރުފިޔާ، ޖުމްލަ 7500 ރުފިޔާ ނެގުމަށް ފަހު، ކުދިން މާ މަދުމަކަށް ބުނެ ފަހުން ކޯސް ހިންގަން އަންނާނަމޭ ބުނެ ފުވައްމުލަކުން ފުރައިގެން ގޮސްފިއެވެ.

ކޯސް ނުހިންގާ ރަށުން ފުރަން އުޅުމުން އެމީހުން އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ހަވާލުކުރުމަށް އެދުމުން އެ މަސް (ފާއިތުވި ނޮވެމްބަރު މަސް) ނިމުމުގެ ކުރިން ހަވާލު ކުރާނެ ކަމަށް ބުނެ ފުރީ ކަމަށް ވެއެވެ.

ސޭން ޑީ ފުރާފައި ވަނީ، ނޮވެމްބަރު، ޑިސެމްބަރު އެއީ މާލޭގައި ވެޑިން ސީޒަން ކަމަށްވާތީ ބޮޑު އާމްދަނީއެއް އެމަހުގައި ލިބޭނެ ކަމަށާއި، އެދުވަސްވަރު ކޯސް ހިންގަން މަޑުކުރުމުން ބޮޑު ގެއްލުމަކަށް ވާނެތީ އާއި ފަހުން ކޯސް ހިންގަން އަންނާނެ ކަމަށް ބުނެފައެވެ.

ކޯހަށް ފައިސާ ދެއްކި ކުދިން ނޮވެމްބަރު މަސް ނިމުމުން ޚަބަރެއް ނުވެގެން އެމީހުންގެ ވައިބަރ ގްރޫޕުގައި އެޑްވާންސް ފައިސާ ރިފަންޑް ކޮންދޭން އެދުމުން، އޭނާ ފާއިތުވި 2 ހަފުތާގައި އުޅުނީ ވަރަށް ބަލިކޮށް ކަަމަށާއި، ވަރަށް އަވަހަށް ރިފަންޑް ކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ. ނޮވެމްބަރު މަސް ނިމި ފަހުން ޑިސެމްބަރު 15ގައި ރިފަންޑް ކޮށްދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. ޑިސެމްބަރު 14ގައި އެމީހުން ޚަބަރު އެހުމުން ތިމަންނަ ފިލައިގެން ނޫޅޭ ކަމަށާއި ވަރަށް އަވަހަށް ރިފަންޑް ލިބޭނެ ކަމަށް ބުނެ، ވައިބާރގައި ދެކެވިފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓްތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

ފުވައްމުލަކުގެ އަންހެން ކުދިންތަކެއް ހިމެނޭ މިގްރޫޕުން ސޭން ޑީ ގާތު ބުނެފައި ވަނީ ނޮވެމްބަރު އަދި ޑިސެމްބަރު އެއީ ވެޑިން ދުވަސްވަރަށް ވެ އެ ދުވަސްވަރު މާލެ ދިއުމުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބުނެފައިވޭ ނޫންހޭ އާއި މިހާރު ހުންނާނީ ފައިސާ ލިބިފައި ކަމަށާއި، އެމީހުންގެ ފައިސާ އަވަހަށް ރިފަންޑް ކޮށްދިނުމަށެވެ. ނަމަވެސް އޭނާއަށް ބޮޑު ގެއްލުމެއް ދިމާވެގެން އުޅެނީ ކަަމަށާއި އިތުރަށް 10 ދުވަސް ދިނުމަށް އެދިފައިވެއެވެ. އެގޮތަށް ވެސް އެކުދިން އެއްބަސްވެ، ޑިސެމްބަރު 25 އަށް އެއްފަހަރާ ރިފަންޑް ކުރުމަށް އެއްބަސްވިއެވެ. އެމުއްދަތުގައި ރިފަންޑް ނުކުރެވިއްޖެ ނަމަ މައްސަލަ ރީތި ގޮތުގައި ސޭން ޑީ ނިންމަން ބޭނުންނު ވަނީ ކަމަށާއި ސޯޝަލް މީޑިއާއަށާއި އެހެން ގޮތްގޮތުން އެމީހުން މިވާހަކަ ދައްކާނެ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް 25 ދިޔަ ފަހުން ވެސް ފައިސާ ނުދައްކައިގެން އެކި ގަޑިގަޑިއަށް މުހުލަތު ކަނޑައަޅައިގެން ވެސް ފައިސާ ދައްކާފައެއް ނުވެއެވެ.

އެކަމާއި އެގުރޫޕުން އޭއާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް މީޑިއާއަށް ވަހަކަ ތައް ލީކުކުރީ ކަމަށް ބެލެވެއެވެ.

މިކަލް ނޫހުގެ ފަރާތުން ސޭންޑީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތަށް އޭނާގެ ޖަވާބެއް ލިބޭގޮތެއް ނުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު