20 ސެޕްޓެމްބަރ 2019 ( ހުކުރު )

ފަތުރުވެރިކަމުގެ ދާއިރާއިން ގައިސަރަށް އެތަށް އިނާމެއް ލިބިފަިއވޭ. 2017 ގެ ރަސްމިއްޔާތަކުން

ފަތުރުވެރިކަމުގެ ދާއިރާއިން ދޭ ހިންގުމުގެ ޝަރަފުވެރިކަމުގެ އެވޯޑް ގައިސަރަށް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ދޭ ހިންގުމުގެ އެންމެ ޝަރަފުވެރި އިނާނު ފުވައްމުލަކު ނޫޑަލްހީ ގައިސަރު ނަސީމަށް ލިބިއްޖެއެވެ. ރޭ ޕެރަޑައިސް އައިލޭންޑްގައި ބޭއްވި ރަސްމިއްޔާތެއްގައި “ރިކޮގްނިޝަން ފޯ އައުޓްސްޓޭންޑިންގް ޕަފޯމަންސް އިން ޓްރެވަލް އިންޑަސްޓްރީ” ގެ އެވޯޑު ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގްރޫޕު ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމަށް ހަވާލުކޮށް ދެއްވީ ޓްވަރިޒަމް މިނިސްޓަރ އަލީ ވަޙީދުއެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ކޮށްދެއްވާފައިވާު ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވުނު އެވޯޑެކެވެ. ގައސަރު ނަސީމަށް މީގެ ކުރިންވެސް ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެތައް އިނާމެއް ލިބިފައެވެ. އެގޮތުން މި ސަރަހައްދުގެ އެނެމ ރަގަމޅު ޖެނެރަލް މެނޭޖަރުގއެ އެވޯޑު ފާހަގަކޮށް ލެވެއެވެ.

ރޭގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރެވަލް އެވޯޑުގައި ވަކިވަކި މީހުންނަށް ހާއްސަކޮށް ދޭ “ޕީޕަލްސް އެޑިޝަން” ގެ އެވޯޑުތައް ވެސް ދީފައި ވެއެވެ.ކިޔުންތެރިންގެ ޚިޔާލު