A wide advertisement which will be shown on all devices. (700 x 100)

ސިވިކް އެޑިއުކޭޝަން ޕްރޮގްރާމެއް ފުވައްމުލަކު ޔޫތު ސެންޓަރުގައި މިރޭ

ޔޫތު ސެންޓަރުގައި ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ސޭފް ސްޕޭސް -މިރެއާއި މާދަމާ

ސިވިކް އެޑިއުކޭޝަން ޕްރޮގްރާމެއް ފުވައްމުލަކު ޔޫތުސެންޓަރުގައި ހިންމުމަށް ތައްޔާރުވަމުން އެބަދެއެވެ. މިއީ ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ފުވައްމުލަކު ޔޫތު ސެންޓަރު ގުޅިގެން ކުރިޔަށް ގެންދާ އާއްމު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކަމަށް ފުވައްމުލަކު ޔޫތު ސެންޓަރު ހިންމާއި ހަވާލުވެހުރި މުހައްމަދު ފައިޝަމް ހާމަކުރެއްވިއެވެ.

މި ޕްރޮގަރާމުގެ ދަށުން ސެޝަންތައް ބާއްވަނީ ‘ސޭފް ސްޕޭސް” ގެ ނަމުގައެވެ. މިގޮތުން ހޮނިހިރު އަދި އާދީއްތަ ދުވަހު ހަވީރާއި ރޭގަނޑު 3 ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިސެޝަނުގައި މުޖުތަމައުގައި މިންތީން (ޖެންޑަރ) ގެ ރޯލަކީ ކޮބައިކަމާއި މުޖުތަމިއުގައި އެކުގައި އުޅޭއިރު އަމަލުތައް ބަހައްޓަން ޖެހޭ ގޮތްތަކާއި ގުޅޭ ގޮތުން ދާއިރާގެ މާހިރުން މައުލޫމާތު ދެއްވާނެއެވެ.

މީގެ އިތުރުން ‘ކޮންސެންޓް އެންޑް ރިލޭޝަން ޝިޕް’ ފަރުދުންގެ މެދުގައި ގާތް ގުޅުމެއް އުފެދިގެން ދާއިރު އެކަމުގައި ރުހުންދޭންވާ ގޮތާއި ހުއްދަ ކުރާ މިންވަރު ފަދަ ޒުވާނުންނަށް މުހިންމު ދާއިރަތަކުން މައުލޫމާތު ދެވޭނެއެވެ.

އެންމެ ފަހު ސެޝަނުގައި އަމާޒު ކުރެވިފައި ވަނީ ޖިންސީގުޅުުމުން ޖެހޭ ބަލިތަކާއި، އެޗްއައިވީ އަދި އެއިޑްސް އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށެވެ.

މިހުރިހާ ސެޝަނަކީ ވެސް ވަރަށް އެކުވެރި ޖައްވެއްގައި ކޮފީއަކާއެކު ކުރިޔަށް ގެންދާގޮތަށް ރޭވިަފައިވާ ސެޝަންތަކެކެވެ. ކޮންމެ ބައިވެރިއަކަށް ވެސް ވަކިން ކަމުގެ މާހިރުންނާއި އެކު މަޝްވަރާ ކުރުމަށް ފުރުސަތުލިބިގެން ދާނެކަމަށް ވެއެވެ.

ކޮފީ އަކާއެކު ކުރިޔަށް ގެންދެވޭ މިބައްދަލުވުމުގައި ބައިވެރިންގެ އާއްމު ސުވާލުތަކަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިންތީންގެ ދައުރު – 29 ޑިސެމްބަރު، ހޮނިހިރު، 21:30-23:00 އަށް ޔޫތު ސެންޓަރު ގައި

“ގުޅުންތަކުގައި ރުހުން” – 30 ޑިސެމްބަރު، އާދީއްތަ 16:00 18:00 އަށް  ޔޫތު ސެންޓަރު ގައި

‘ލެޓްސް ޓޯކ’ް – 30 ޑިސެމްބަރު، އާދީއްތަ 21:00 23:00 އަށް  ޔޫތު ސެންޓަރު ގައި

މިސެޝަންތަކަކީ އާއްމުކޮށް ބޭނުންވާ އެންމެނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިަފއިވާ ސެޝަން ތަކެކެވެ. ޔޫތު ސެންޓަރާއި ޝީ ގެ ފަރާތުން މިސެޝަންތަކަށް ތިޔަ އެންމެނަށް ދައުވަތު އަރުވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !