20 ސެޕްޓެމްބަރ 2019 ( ހުކުރު )

އތމ ކޮމެޓީގެ އިންތިޚާބު 2019 ކާމިޔާބުކުރި 3 ކަނބަލުން

އަންހެނުންގެ ކޮމެޓީ އަށް އާސިފާ، މަރިޔަމް ހަސަންދީދީ އަދި ހަސީނާ އިންތިހާބުވެއްޖެ

ފުވައްމުލަކުގައި މިއަދު ކުރިއަށް ގެންދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު، އުތުރު ދާއިރާއިން އާސިފާ އިބްރާހިމް، މެދުދާއިރާއިން މަރިޔަމް ހަސަން ދީދީ އަދި ދެކުނު ދާއިރާއިން މަރިޔަމް ހަސީނާ ކާމިިޔާބުކޮށްފިއެވެ.

އަންނަ އަހަރުން ފެށިގެން 3 އަހަރުގެ މުއްދަތަށް އިންތިޚާބު ކުރެވޭ ކޮމެޓީގައި ކޮންމެ ދާއިރާއެއްގެ އަންހެނުންގެ ފަރާތުން ރަސްމީ ސިފައެއްގައި ސިޓީ ފެންވަރުގައި ބަސްބުނާން ރައްޔިތުން މިއަދު ކަނޑައެޅީ މި 3 އަންހެން ކަނބަލުންނެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 4282 މީހުން ތިބި އިރު ވޯޓު ލާފައި ވަނީ 1519 މީހުންނެވެ. އެއީ %35.5 އެެވެ. ނިސްބަތުން އެންމެ ގިނަ މީހުން ވޯޓު ލާފައި ވަނީ މާލެގަމު އަވަށާއި ދޫނޑިގަމު އަވަށުންނެވެ. އެ ދެ އަވަށުން  %43.4 އާއި %43.1 އަންހެނުން ވޯޓު ލާފައި ވެއެވެ.

ފުވައްމުލަކު އުތުރު ދާއިރާ

މި ދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު ދެ ކެންޑިޑޭޓުންނަށް ވެސް އެ ކެންޑިޑޭޓެއްގެ އަވަށުން ބޮޑު ތަފާތަކުން މެޖޯރިޓީ ލިބިފައިވެއެވެ. އަދި ދަޑިމަގު އަވަށުގެ ވޯޓުތައް ދިޔައި ވަރަށް ހަމަޔަށް ބެހިގެންނެވެ. ނަމަވެސް 3 ވޯޯޓުން ކުރި ލިބެނީ އާއިޝަތު އިބްރާހީމެވެ. އާއިޝަތު އިބްރާހީމަށް އިންތިޚާބު ނާކާމިޔާބުވީ ދިގުވާޑުން، އާސިފާ އިބްރާހިމް ހޯދި ނަތީޖާގެ ފަރަގު ބޮޑުވުމުންނެވެ. އާސިފާ މިދާއިރާގެ އިންތިޚާބު ކާމިޔާބުކުރީ 11 ވޯޓުގެ ތަފާތުން ކުރި ހޯދައިގެންނެވެ.

އުތުރު ދާއިރާގެ ނަތީޖާ

އތމ ކޮމެޓީގެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދަނީ

ފުވައްމުލަކު މެދު ދާއިރާ

މެދު ދާއިރާގެ އިންތިޚާބުން ވެސް ފެނިގެން ދިޔައީ އެއަވަށެއްގެ ކެންޑިޑޭޓަކަށް އެއަވަށުން އެންމެ ގިނަ ވޯޓު ލިބޭކަމެވެ. އެގޮތުން މާދަޑުން މަރިޔަމް އަލީއަށް ކުރި ލިބޭއިރު މާލެގަމުން އާއިޝަތު އަލީ އަށް ކުރި ލިބެއެވެ. ދާއިރާގެ އެންމެ ބޮޑު އަވަށް، މިސްކިތްމަގުގެ ދެ ކެންޑިޭޓުންގެ ތެރެއިން މި އިންތިޚާބު ކާމިޔާބުކުރި މަރިޔަމް ހަސަން ދީދީއަށް ވެސް އެވަށުގެ އެންމެ ގިނަ ވޯޓު ލިބިފައިވެއެވެ. އޭނާއާއި އެންމެ ކައިރިން ވާދަކުރި އެ އަވަށުގެ އަނެއް ކެންޑިޑޭޓް ޝަބާނާ ސައީދަށް ވުރެ 6 ވޯޓުން ކުރި ހޯދައި މަރިޔަމް ހަސަން ދިދީ އިންތިޚާބު ކާމިިޔާބުކުރީއެވެ.

މެދު ދާއިރާގެ ނަތީޖާ

ދެކުނު ދާއިރާ

ދެކުނު ދާއިރާގެ އިންތިޚާބު ވެގެން ދިޔައި ކުރިން ވެސް ހީކުރެވުނު ގޮތަށް އެންމެ ވާދަވެރި  އިންތިޚާބަށެވެ. ދޫނޑިގަމުގެ 6 ކެންޑިޑޭޓާއި ފުނާޑު ކެންޑިޑޭޓަކު ވާދަކުރުމުން، ދޫނޑިގަމުގެ ވޯޓުތައް ބެހިގެން ގޮސް ހަނި ގޮތަކަށް ކާމިޔާބު ލިބުނީ ފުނާޑު އަވަށުގެ ކެންޑިޑޭޓު، މަރިޔަމް ހަސީނާ އަށެވެ. މަރިޔަމް ހަސީނާއަށް ފުނާޑު އަވަށުން 131 ވޯޓު ލިބުނު އިރު ދޫނޑީގަމުން ލިބިފައި ވަނީ 16 ވޯޓެވެ. އޭނާއާއި އެންމެ ވާދަކުރި ޝަކީލާ އަލީ ދީދީ އަށް އޭނާގެ އަވަށް، ދޫނޑިގަމުން 106 ވޯޓު ލިބުނު އިރު ފުނާޑުން 39 ވޯޓު ލިބިފައި ވެއެވެ.

ދެކުނު ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނަތީޖާ ނިކުތީ އެންމެ ކައިރިން ވާދަކުރި ކެންޑިޑޭޓަށް ވުރެ އެންމެ 2 ވޯޓު ތަފާތުން ކުރި ހޯދައިގެންނެވެ.

ދެކުނު ދާއިރާގެ ނަތީޖާ

މިއަދު ކުރިޔަށްދިޔަ އތމ ކޮމެޓިގެ އިންތިޚާބުގެ ވޯޓުލުން


ކިޔުންތެރިންގެ ޚިޔާލު