24 ޖުލައި 2019 ( ބުދަ )

ހޯދަޑުގައި ރޭ ހިނގި އެސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

ރޭ 8:30 އެހާކަށް ހާއިރު ހޯދަޑު ކާނު (އާރޮ) ސަރަހައްދުގައި ދެސައިކަލު ޖެހި ދެމީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ. އެކްސިޑެންޓްވި ދެމީހުން ވެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ފަރުވާ ދެމުން ދާކަމަށް ވެއެވެ. ނަމަވެސް އެއިގެ ތެރެރެއިން އެކެއްގެ ހާލު ސީރިއަސް ކަމުން އޭނާ އިތުރު ފަރުވާއަށް މިއަދު މެންދުރު ފަހު ވަނީ މާލެ ފުރުވާލާފައެވެ.

މިއެކްސިޑެންޓްގައި އަނިޔާވި މެދުއުމުރުގެ ފިރިހެނަކީ އަބްދުﷲ އަލީ މާބުރުގެ އެވެ. ދެން އަނިޔާވީ ވެސް ހޯދަޑުގެ ޒުވާން އުމުރުގެ ފިރިހެން ކުއްޖަކަށެވެ. އަބްދުﷲ ގެ ނޭފަތު ކަށިގަނޑު ބިންދައިގެން ގޮސްފައިވެއެވެ. އޭނާ ވަނީ އަދި ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި އެނދުމަތިކޮށް ފައެވެ. ހާލު ސީރިއަސްވި ޒުވާން ކުއްޖާގެ  ބޯފަޅައިގެން ގޮސްފައިވެއެވެ.

ރޭގެ އެކްސިޑެންޓް ވާން ދިމާވީ ހަވިއްތަ މަގުން، ހޯދަޑު ކާނު (އާރު) ސަރަހައްދުން ދެކޮޅަށް ދުއްވާފައި ދިޔަ ދެސައިކަލު ޖެހިގެންނެވެ. އެހާދިސާގެ މައުލޫމާތު މިކަލް ނޫހަށް ދިން ހޯދަޑުގެ މީހަކު ކިޔައިދިން ގޮތުގައި އެކްސިޑެންޓްވި ދެސައިކަލު ވެސް ދުއްވާފައި ދިޔައީ އާދައިގެ ސްޕީޑެއްގައި ކަމަށެވެ.

މަޑުން ދުއްވާފައި ދިޔަނަމަވެސް މިއެކްސިޑެންޓްގައި މިފަދަ ބޮޑު އަނިޔާތަކެއްވީ އެކްސިޑެންޓްގައި ދިމާވި ގޮތުން ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެއެވެ. އެފަރާތުން ހާމަކުރާ ގޮތުގައި ބެލެވެނީ މިއެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ބޮލުގައި ޖެހިފައިވަނީ މަގުގެ އަނެއްކޮޅުން އައި ސައިކަލުގެ ކޮންމެ ވެސް ދަނގަޑު ބައެއްގައި ޖެހިގެން ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު