22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ފޮޓޯ - މިސްކިތްމަގު އެންމެންގެ ޓީމް

ޗެމްޕިއަން ޓީމަށް ފައިސާދޭން ޖެހުނީމަ، އިންތިޒާމް ކުރި ފަރާތެއް ނެތް ؟ދޭންޖެހޭ ފައިސާ އެއްނެތް ؟

ފުވައްމުލަކު ދެކުނު ދާއިރާގެ ވޮލީ މުބާރާތަކީ މީހާތަނަށް ފުވައްމުލަކުގައި ބޭއްވުނު އެންމެ ބޮޑު އެއް މުބާރަތަށް ވެގެންދާނެއެވެ. އަދި ރާއްޖޭގެ ނިސްބަތުން ބެލިކަމުގައި ވިޔަސް މިއީ ބޮޑު މުބާރާތެކެވެ. މި މުބާރާތަކީ ރައްިޔިތުންގެ މަޖްލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތެރި މެމްބަރ އަބްދުﷲ މަސީހްގެ އެހީތެރިކަމާއި އެކު ފުނާޑު ސްޕޯޓްސް ކްލަބްއިން ބޭއްވި މުބާރާތެކެވެ. މި މުބާރަތަށްޓަކައި ރަށުން ބޭރުގެ ކުޅުންތެރިން ގެނެސް، ޓީމްތަކުންވެސް ވަނީ ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ .

މިމުބާރާތް ނިމި މިހާރު އެތަށް ދުވަހެއް ވެފައިވާއިރު، މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މިސްކިތްމަގު އެންމެންގެ ޓީމަށް ދޭންޖެހޭ ތިރީސް ހާސް ރުފިޔާ ނުލިބުމުގެ މައްސަލަ މިހާރުމިވަނީ ހޫނުވެފައެވެ.

މިކަމާއި ގުޅޭ ގޮތުން މިސްކިތްމަގު އެންމެންގެ ޓީމްގެ އިސް އޮފިޝަލަކު މިކަލް ނޫހަށް ވާހަކަ ދައްކަމުން ވިދާޅުވިގޮތުގައި ފައިސާ ހޯދުމަށް އެންމެ ފުރަތަމަ އޯގަނައިޒިން ކޮމެޓީގެ އިސްކޮށް އުޅުއްވާ ކުދު ހުސެއިނަށް ގުޅުމުން ފުނާޑު ސްޕޯޓްސް ކްލަބްގެ ރައީސް އަހައްމާއަށް ގުޅުމަށް ކުދު ހުސެއިން ބުނިކަމަށެވެ. އަދި އަހައްމާއަށް ގުޅުމުން ތިކަމަކީ ތިމަންނާ އާއި ބެހޭ ކަމެއް ނޫންކަމަށާއި ތިކަމުގައި ހުސެއިނަށް ގުޅުމަށް ބުނިކަމަށް އޮފިޝަލް ވިަދާޅުވިއެވެ.

“އަނެއްކާވެސް އަޅުގަނޑުމެން ކުދު ހުސެއިން އަށް ގުޅާފައި ބުނިން ދެމީހުން ދެމީހުންނަށް، އަޅުގަޑުމެން ގުޅުއްވަން ނަހައްދަވައި މިކަން ކޮޅެއްގައި ޖައްސައި ދިނުމަށް، ބުނުމުން ބުނީ ހަފްތާއެއްހާ ދުވަހުގެ މުހުލަތެއް ދިނުމަށް ” އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް މުބާރާތުގެ އޯގަނައިޒިން ކޮމެޓީން ދިން މުހުލަތު ފައިތުވެގެން ދިޔައިރުވެސް މިސްކިތްމަގު އެންމެންގެ ޓީމަށް ދޭންޖެހޭ ފައިސާ ނުލިބޭކަމަށް މިސްކިތްމަގު އެންމެންގެ ޓީމް އިން ހާމަކުރައްވައެވެ .

އިތުރަށް ވާހަކަ ދައްކަމުން މިސްކިތްމަގު އެންމެންގެ ޓީމުގެ އޮފިޝަލް ހާމަކުރެއްވި ގޮތުގައި، އެ ޓީމާށް ދޭންޖޭ އެއްވެސް ލާރިއެއް ނޯންނާނެ ކަމަށް ފުނާޑު ސްޕޯޓްސް ކްލަބްގެ ރައީސް އަހައްމާ މިހާރު ބުނެފައިވާކަމަށެވެ.

“މިހާރު ކުރިޔަށްދާ އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފުނާޑު އަދި މިސްކިތްމަގު ބައްދަލުކުރި ފުރަތަމަ ސެމީފައިނަލް މެޗް އޮތްދުވަހު ހަވީރު އަހައްމާ ގުޅާފަ އަޅުގަނޑުމެން ކައިރީގައި މިބުނަނީ، އަޅުގަނޑުމެންނަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ނޯނާނެކަމަށް، އަދި ތަންތަނުގައި ފާޑުފާޑުގެ ވާހަކަ ނުދެއްކުމަށް، އަދި އެ މުބާރާތަކީ ފުނާޑު ސްޕޯޓްސް ކްލަބް އިން ބޭއްވި މުބާރާތެއް ނޫންކަމަށް އަހައްމާ ބުނި ” މިސްކިތްމަގު އެންމެންގެ ޓީމްގެ އިސް އޮފިޝަލަކު މިކަލް ނޫހަށް ވާހަކަ ދައްކަމުން ވިދާޅުވިއެވެ.

މި މުބާރާތާއި ގުޅިގެން ތަފާތު ވާހަކަތަށް ރަށުތެރޭގައި ދެކެވެމުން އެބަދެއެވެ. މިގޮތުން ބައެއް ފަރާތްތަކުން ބުނާގޮތުގައި މިމުބާރާތަކީ ފުވައްމުލަކުގައި 1999 ވަނަ އަހަރު އެންމެ ފުރަތަމަ އަންހެނުންގެ ވޮލީ މުބާރާތެއް ބޭއްވި އަދި ތަފާތު އެކި އެކި ބޮޑެތި ކުޅިވަރު މުބާރަތްތަށް ބާއްވާފައިވާ ފުވައްމުލަކު ނޫޑެލްހީ ފައިސަލް ނަސީމް އާއި ވާދައަށް ބޭއްވި މުބާރާތެއް ކަމަށެވެ. އަނެއް ބައި ފަރާތްތަކުން ބުނާގޮތުން ފުނާޑު ޗެމްޕިއަންކަން ނުލިބުމުން، މި ފައިސާތަށް ހިފެހެއްޓީއެވެ. އަދި މި ފައިސާތަކަށް މިހާރު ކުރިޔަށްދާ އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފުނާޑުޓީމާށް ގެނެސް ފައިވާ މަޝްހޫރު ވޮލީ ކުޅުންތެރިއާ ނާޒިމާ ގެނައުމަށް ހަރަދު ކުރީކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިކަމާއި ގުޅިގެން ފުނާޑު ސްޕޯޓްސް ކުލަބުގެ ބަހެއް ހޯދުމަށް އެކުލަބުގެ އިސްފަރާތަކާއި ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީވެ، އެކުލަބުގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.

ކޮންމެ އަކަސް މިއަދު މިސްކިތްމަގު ޓީމަށް ދޭންޖެހޭ ފައިސާ އެއް ނެތެވެ! އަދި ދެކުނު ދާއިރާގެ ވޮލީ މުބާރާތް އިންތިޒާމް ކުރި ފާރަތެއްވެސް ނެތެވެ. ނަމަވެސް އަންނަ އަހަރު ދެކުނު އަތޮޅު ތަކަށް ހުޅުވާލައިގެން މުބާރާތެއް ބޭއްވުމަށް ފުނާޑު ސްޕޯޓްސް ކުލަބް އިން އިއުލާންކޮށްފައިވެެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު