26 ޖޫޏް 2019 ( ބުދަ )

ފވމ ސިޓީ ކައުންސިލާއި އައިޔޫއެމް އާއި އެކު މިއަދު އެމްއޯޔޫގައި ސޮއިކުުރމަށްފަހު. ފޮޓޯ: އައިޔޫއެމް

އައިޔޫއެމްގެ ލާރނިން ސެންޓަރެއް ފުވައްމުލައް ސިޓީގައި ގާއިމުކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފި

އިސްލާމިކު ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ލާރނިން ސެންޓަރެއް ފުވައްމުލައް ސިޓީގައި ގާއިމުކުރުމާއި ގުޅޭ ގޮތުން އެ ޔުނިވަރސިޓީއާއި ފުވައްމުލަކު ސިޓީ ކައުންސިލާއި ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހަވީރު އެ ޔުނިވަރސިޓީގައިި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ސިޓީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރ އަބްދުﷲ ފަލާޙު ޝަރީފެވެ. އަދި އައިޔޫއެމްގެ ފަރާުން ސޮއި ކުރެއްވި އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލް އުސްތާޒާ އައިޝަތު ޚަލީލާ އަބްދުއް ސައްތާރުއެވެ. މި ރަސްމިއޔާތުގައި ފުވައްމުލަކުއް ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު އާއި އިސް ބައެއް މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ. އަދި އިޔޫއެމްގެ ބައެއް އިސްފަރާތްތަކުން ވެސް ބައިވެރިވެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން އައިޔޫއެމް އިން މާލޭގައި ހިންގާ ކޯސްތައް ފުވައްމުލަކުގައި ވެސް ހިންގާނެއެވެ.

މި ލާރނިން ސެންޓަރަކީ އެ ޔުނިވަރިސޓީގެ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ގާއިމުކުރުމަށް ނިންމާފައިވާ ލާނިން ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް އެ ޔުނިވަރސިޓީން ހާމަކުރައްވާފައި ވެއެވެ.

ކުރިން މިީޑއާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޔޫއެމްގެ ކެމްޕަހެއް ފުވައްމުލައް ސިޓީގައި ގާއިމުކުރުމުގެ މަޝްވަރާތަކެއް އެ ޔުނިވަރސިޓީގެ އިސް ވަފުދަކާއެކު ފުވައްމުލައް ސިޓީ ކައުންސިލްގައި މި ޑިސެމްބަރު މަހުގެތެރޭގައި ވަނީ ބޭއްވިފައެވެ. މިއަދު އެއްބެސްވެވުނު އެމްއޯޔޫ އާއި ގުޅޭގޮތުން އައިޔޫއެމުން ހާމަކުރައްވާފައި ވަނީ ލާނިން ސެންޓަރެއް ގާއިމުކުރާ ވާހަކަ އެވެ. ނަމަވެސް ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށްފައި ވަނީ ކެމްޕަހެއް ގާއިމުކުރާ ވާހަކަ އެވެ.

މިކަން ޔަގީން ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުނސިލްގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

ސިޓީ ކައުންސިލުން އާއްމުކުރި

އައިޔޫއެމްގެ ކެމްޕަހެއް ފުވައްމުލައް ސިޓީގައި ގައިމުކުރުމަށް މަސައްކަތް ކުރަނީ

ކެމްޕަހަކައި ލާރނިން ސެންޓަރަކީ މަތީ ތައުލީމު ދޭ މުޅިން ދެ ފަންތިއެއްގެ ތަފާތު މަރުކަޒުތަކެކެވެ. ކެމްޕަހުގައި ޚިދުމަތްތައް ފުޅާވެ އަމިއްލައަށް ކޯސްތައް ހިްނގުމާއި އޮފާކުރުމާއި މެނޭޖުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދެވިދާނެއެވެ. ދަރިވަރުންނަށް މަތީ ތައުލީމުގެ ކޯސްތަކަށް އެޕްލައި ކުރުމުން ފެވެށިގެން ގުރެޖުއޭޓްވުމާއި ހަމަޔަށް ވެސް ކިޔެވުމުގެ ހުރިހާ ޚިދުމަތެއް ހެން ކެމްޕަހުން ލިބެން ހުރެއެވެ.

ނަމަވެސް ލާރނިން ސެންޓަރަކީ އެއަށްވުރެ މާ ހަނި، މައި ކެމްޕަހުގެ ކެޕޭސިޓީގައި ހުށަހެޅޭ ކޯސްތަކެއް އޮފަރކޮށް ދަރިވަރުންގެ ކްލާސްތައް ނެގުމަށް ކަނޑައެޅެ ތަނެކެވެ. މައިގަނޑު ގޮތެއްގައި ލާރނިން ސެންޓަރު ބޭނުން ކުރާނީ ދަރިވަރުން ހަމައެކަނި ކްލާހަށް އަންނަ ތަނެއްގެ ގޮތުގައެވެ. ޔުނިވަރސިޓީގެ ގިނަ ޚިދުމަތްތަކެއް އެތަނަކުން ލިބޭކަށް ނުހުރެއެވެ.

އިޔޫއެމްގެ މީޑީއާ މައުލޫމާތަށް ބަލާއިރު ފުވައްމުލަކުގައި ގާއިމުކުރަނީ ލަރނިން ސެންޓަރެއް ކަމަށް ބެލެެވެއެވެ. މިކަލް ނޫހަށް ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޔުނިވަރސިޓިގެ ކޯސްތައް ފުވައްމުލަކުގައި އަންނަ ޖެނުއަރީ ނޫނީ ފެބްރުއަރީ މަހު ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.



ކިޔުންތެރިންގެ ޚިޔާލު