A wide advertisement which will be shown on all devices. (700 x 100)

ޗެމްޕިއަން ޓީމަށް ދޭން ޖެހޭ ފައިސާ ހުރީ ހަމަޖެހިފައި، އެފައިސާ ލިބޭނެ: ދެކުނު ދާއިރާ ކަޕްގެ އޮފިޝަލް

ޗެމްޕިއަން ޓީމުގެ އިނާމު ނުލިބި ލަސްވާތީ ކަންބޮޑުވުން ހާމަކުރުމަށް ސޯޝަލް މީޑިއާގައި ޝެއަރކޮށްފައިވާ ފޮޓޯއެއް! ފޮޓޯ: ޝާފީ

އޮކްޓޯބަރު މަހު 2 ގައި ނިމިގެން ދިޔަ ފުވައްމުލަކު ދެކުނު ދާއިރާގެ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިައން ޓީމަށް ދޭން ޖެހޭ ފައިސާގެ އިނާމު ހުރީ ހަމަޖެހިފައި ކަމަށް އެމުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވި އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ނަން ހާމަ ނުކުރުމަށް އެދި އެފަރާތުން ތަކުރާރުކޮށް ބުނެފައި ވަނީ އެފައިސާ “ހުރީ ހަމަޖެހިފައި” ކަމަށާއި އަދި ޗެމްޕިއަން ޓީމާއި ހަވާލު ކުރާނެ ކަމަށެވެ. އަދި ފައިސާގެ ކަންތަކާއި ގުޅޭ ގޮތުން މިސްކިތްމަގު ޓީމުގައި އިސްކޮށް އުޅުއްވި އަލީ ފަޒާދު (މަޖުލިސް މެންބަރު، އަލިބެ) އާއި ވާހަކަ ދެކެވިފައިވާ ކަމަށެވެ.

އެމުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭން ޖެހޭ ފައިސާ ލަސްވި ގޮތަކާއި މެދު އޮފިޝަލް ވަކި އެއްޗެއް ބުނަން ބޭނުން ބޭނުންނުވިއެވެ. އަދި ރަށުތެރޭގައި އާއި ސޯޝަލް މީޑިއާގައި ވަރަށް އާންމުކޮށް މިފައިސާ ނުލިބި ލަސްވާތީ، އެކަމުގެ ކަންބޮޑުވުންތައް މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޓީމު(ޗެމްޕިއަން ޓީމު)ގެ އެކި ފަރާތްތަކުން  އެކިސިފަ ސިފާގައި އަންނަނީ ހާމަކުރަމުންނެވެ. އެކަމަކު މިކަލް ނޫހުގައި އެކަމާއި ގުޅޭ ގޮތުން އިއްޔެ ލިޔެފައިވާ ޚަބަރަކީ އެއްވެސް އަސްލެއް ނެތް ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް މުބާރާތް އިންތިޒާމް ކުރި ފާރާތުން ބުނެފައިވެއެވެ. 

ތާޒާ ކަމާއެކު އެމުބާރާތުގެ ހުރިހާ މެޗެއްގެ ޚަބަރުތައް ކިޔުންތެރިންނާއި ހަމަޔަށް މިކަލް ނޫހުން ވާނީ ގެނެސްދީފައެވެ.

ފުނާޑު ކައުންސިލްގެ ރައީސް އަލީ ވަސީމު (ޗަމްޕާ) މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުނާޑު ސްޕޯރޓްސް ކްލަބުން ބޭއްވި “ދެކުނު ދާއިރާ ކަޕް 2015” އަކީ އެއްވެސް ހާލެއްގައި ވަކި މީހަކާއި ވާދައަށް، ވަކި މީހަކު ކުރި ކަމަކަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

“އެހެން ނޫނަސް ފައިސަލް ނަސީމަކީ ފުނާޑުގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފަރާތެއް ކަމަށް ވެފައި، ރަށުގައި ގިނަގުނަ ކުޅިވަރު މުބާރާތްތަކެއް ހިންގާފައިވާ ފަރާތެއް” ޗަމްޕާ ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !