20 ސެޕްޓެމްބަރ 2019 ( ހުކުރު )

މަތީ ތައުލީމުގެ ފުރަތމަ ޑިގްރީއަށް ހިލޭ

ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް ފުރަތަމަ ޑިގްރީއާއި ހަމަޔަށް ހިލޭ ކިޔެވޭނެ

މަތީ ތައުލީމަށް ކިޔަވާ ކުދިންނަށް ފުރަތަމަ ޑިގްރީއަށް ރާއްޖޭގެ ކޮންމެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއެއްގައި ކިޔެވި ކަމުގައި ވިޔަސް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެދަރިވަރަކު ބޭނުންވާ ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ނަމަވެސް ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމަށް މިސަރުކާރުން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ފާއިތުވި އަހަރު ފުރަތަމަ ޑިގްރީއަށް ކިޔަވަން ފަށައި ބާކީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ބައިވެސް ހިލޭ އެކުދިންނަށް ކިޔެވޭ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން މަތީ ތައުލީމުގެ ލޯން ތަކުގެ އިންޓަރެސްޓް %5 އިން %3 އަށް ކުޑަ ކުރުމަށް ހަމަ ޖެހިފައިވާ ކަމަށެވެ. އަދި ލޯނު ދައްކަން ކަނޑައަޅާފައިވާ މުއްދަތު ވެސް %25 އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރިން މަތީ ތައުލީމުގެ ލޯނު ނަގާފައިވާ ދަރިވަރުންނަށް ވެސް މިބަދަލު އަންނާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޭލެވެލް އިން އެއްވަން ހޯދައިގެން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޯލާޝިޕުތަކުގައި ކޮންމެ ދަރިވަރަކަށް ވެސް އެދަރިވަރަކު ބޭނުންވާ ދާއިރާއަކުން ބޭނުން ގައުމަކުން މަތީ ފުރަތަމަ ޑިގްރީއާއި ހަމަޔަށް މުޅިން ހިލޭ ކިޔެވޭ ގޮތަށް ހަމަޖެހިފައި ވާކަމަށް ވިދާޅުވިއެވެ.ކިޔުންތެރިންގެ ޚިޔާލު