A wide advertisement which will be shown on all devices. (700 x 100)

އިންޓަރނޭޝަނަލް ޕްރީ ސްކޫލެއް ހުޅުވަނީ

ކިޑްސް ހައުސްގެ ދަރިވަރުންތަކެއް. ފޮޓޯ: ކިޑްސް ހައުސް

ފުވައްމުލަކުގައި އަންނަ އަހަރުންފެށިގެން އިންޓަރނޭޝަނަލް ޕްރީ ސްކޫލެއް ހުޅުވާގޮތަށް ހަމަޖައްސައިފިއެވެ.

އިންޓަރނޭޝަނަލް ޕްރީ ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ ކިޑްސް ހައުސް އާއި ބިލަބޮންގ ކެންގަރޫ ކިޑްސް ގުޅިގެންނެވެ. އެސުކޫލަށް ދީފައިވާ ނަމަކީ ގެންގަރޫ ކިޑްސްއެވެ.

ކިޑްސް ހައުސް އިން ނެރެފައިވާ އިޝްތިހާރެއްގައި ބުނެފައިވަނީ 2016 ވަނަ އަހަރު ކެންގަރޫ ކިޑްސްގައި ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ކުދިންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ކިޔަވައިދިނުމުގައި އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާނެކަމަށެވެ. އަދި ކުލާސްތަކުގެ ޖާގަ ހުރީ ވަކި އަދަދަކަށެވެ. އަދި ކުދިންގެ ފޮތާއި ޔުނިފޯމް ހިލޭ ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވެއެވެ.

“އިންގްލިޝް މީޑިއަމް (ވާހަކަ ދެއްކުމާއި މުއާމަލާތުކުރުން)، ގުރުއާން އިސްލާމް ވެލިއުސް ހިމެނޭ، ކިޔަވައިދޭނީ ތަނަވަސް ޒަމާނީ ކުލާސް ރޫމްތަކުގައި އަދި ގައުމީ މަންހަޖް ކަވަރ ކުރެވޭނެ” އިޝްތިހާރު ބުނެފައިވެއެވެ.

20 އޮކްޓޯބަރ 2015 އިން ފެށިގެން ފޯމްބަލައިގަތުމަށް ހަމަޖެހިފައިވެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކިޑްސް ހައުސްއިންނެވެ. އަދި އިތުރު މައުލޫމާތު 7783264 އަދި 7783912 ނަންބަރު ފޯނުން ލިބޭނެއެވެ. މިއީ ފުވައްމުލަކުގައި އިންޓަރ ނޭޝަނަލް ޕްރީ ސްކޫލެއްގެ ހިދުމަތްދޭ ފުރަތަމަ ސްކޫލެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !