20 ސެޕްޓެމްބަރ 2019 ( ހުކުރު )

ފުވައްމުލައް ގިރުމުގެ އަސަރު މި އިރުވައި މޫސުމުގައި ބޮޑު ވާނެ ކަމަށް ބެލެވޭ

ފުވައްމުލަކުގެ އުރަފަށުން ފެށިގެން 50-60 ފޫޓު ގިރައިގެން ގޮސްފައިވާތީ ކަންބޮޑުވޭ – ޑ.މޭޔަރ

ފުވައްމުލައް ގިރަމުންދާތީ ރައްތިރުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމަށް ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ވިދާޅުވެއްޖެއެވެ. ވީޓީވީގެ އަތޮޅުތަކުގެ މައްސަލަ ގެނެސްދިނުމަށް އަލަށް ފެށި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޟިރާރު ވިދާޅުވީ “ފުވައްމުލަކަކީ ވަކިން ގިނަކަންޏާ އެއްރަށެއްގެ ގޮތުގައި، އެއް އަތޮޅެއްގެ ގޮތުގައި އަދި މިހާރު އެއް ސިޓީއެއްގެ ދަރަޖަ ދެއްވާފައި މި އޮތީ.” ކަމށެވެ.

ފުވައްމުލައް ސިޓިއަށް ތަރައްގީގެ ގޮތުން ހުރި ގޮންޖެހުންތައް ފާހަގަ ކުރައްވަމުން ޑެޕިއުޓީ މޭޔަރ ޟިރާރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ހައްލެއް ނުލިބި ދިގުމުއްދަތެއް ވެފައިވާ ރަށް ގިރުމުގެ މައްސަލައެއްއެވެ. ރަށުގެ އުރަފަށުން ފެށިގެން ގާތްގަޑަކަށް 50-60 އަށް ވުރެވެސް ބޮޑު ތަން ގިރައިގެން ގޮސްފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ސަރަހައްދެއް ކަމަށް ފާހަގަ ކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ފުވައްލަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މެދު ވާހަކަ ދައްކަވަނީ

ފުވައްމުލަކުގައި ޒަމާނވީ ރީތި ދޮންވެރި ތުނޑިއެއް އޮންނަ ވާހަކަ ވަރަށް ގިނަ މީހުން ދެކެވެމުން އަންނަ ކަމަށެވެ. މިއަދު ތުނޑި އޮތް ކަމުގައި ވިޔަސް، ފުވައްމުލަކުގެ ހުރިހާ ރައްޔިތުންގެ ޝަކުވާއަކީ ވެސް އެ ރީތި ދޮންވެލި ތުނިޑި ނެތި ގޮސް، ދޮންވެލި ގަނޑު ނެތިގޮސް، ކަޅު ފަހުގެ ބީޗަކަށް ފުވައްމުލަކުގެ ބީޗު ބަދަލުވެދާނެތީ ކަމަށެވެ.

“އިރު އަރާ ކޮންމެ ދުވަހެއްގައި އެތައް ބައިވަރު ފޮޓޯތަކެއް (ރަށްގިރާ ތަނުގެ ފޮޓޯތައް) އަންނާނެ އަޅުގަނޑުމެންނަށް ޓެގްކޮށްފައި، ރަށް ގިރަމުންދާ މައސަލައަށް ހައްލެއް ނައިސްގެން. އެކަމުގެ ޝަކުވާ”. ރައްޔިތުން ފޮނުވަމުން ދާކަމަށް ޑެޕއިޓީ މޭޔަރު ޟިރާރު ފާހަގަ ކުރެއްވިއެވެ.

ފުވައްމުލައް އުފެދިފައިވާކަމަށް ބެލެވޭ މަށައިގެ ބާވަތެއް. ފުވައްމުލަކު ގެންމިސްކިތް ފަންނުން ފޮޓޯ: އަޝްރަފު ނޫމާނ

ފުވައްުލަކުގެ ތިމާވެށިތިމާވެށި

ފުވައްމުލަކުގައި ރަށްގިރުން ކޮމްޓްރޯލް ކުރުމަށް ރިވެޓްމެންޓެއް ޖަހާ ވާހަކަ ދައްކާތާ  ލައްކަ ޒަމާން ވެއްޖެ ކަމަށް ޟިރާރު ފާހަގަ ކުރެއްވިއެވެ. ކައުންސިލްތައް ވުޖޫދުވި ހިސާބުގައި، 2011ގައި ވެސް އެކަމުގެ އަމަލީ ސިފައެއް ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށް ޟިރާރު ވިދާޅުުވިއެވެ.

“އެ ޕްރޮޖެކްޓް ޑިޒައިން ކުރެވި، އެޑިޒައިން ރަށު ރައްޔިތުންނާއި ހިއްސާ ކުރެވި، މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ފަންޑުތަކުގެ ވާހަކަ މީޑިއާތަކުން އަޅުގނޑުމެންނަށް ގެނެސްދެއްވާ. އެއްބަސްވުން ތަކުގައި ސޮއިކުރި ވާހަކަ އާ. މީޑިއާ ސުރުޚީތަކެއް ގޮތަށް ނޫން ގޮތަކަށް މިއިން ކަމެއް ވާތަން ރައްޔިތުންނަކަށް އަދި ނުފެނޭ” ޟިރާރު ވިދާޅުވިއެވެ.

ރައްޔިތުން ތިބޭނި ރަށުގައި ކަމާއި ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް އެމަސައްކަތް ވުމަކީ ރަށުގައި، ރައްޔިތުން ކުރިމަތީގައި އެކަން ފެއްޓޭ ހިސާބަށް ދިއުން. އެހެން ނޫން ކަމުގައި ވާނަމަ އެއީ ކުރެވޭ މަސައްކަތެއްގެ ކަމުގައި ރައްޔިތުން ގަބޫލު ނުކުރާކަމަށް އެމްޑީޕީ ޓިކެޓްގައި ސިޓީ ކައުންސިލްގެ ގޮނޑިއަށް ހޮވިފައިވާ ޟިރާރު ވިދާޅުވިއެވެ.

މިމައްސަލާގައި ތިމާވެއްޓާއި ބެހޭ މިނިސްޓަރާއި މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އަދި އެމަސައްކަތް އަވަސްކޮށްދެއްވުމަށް ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވާ ކަމަށެވެ.

ފުވައްމުލައް ގިރުމުގެ އަސަރު މި އިރުވައި މޫސުމުގައި ބޮޑު ވާނެ ކަމަށް ބެލެވޭ

މިއަހަރުގެ ބަޖެޓްގައި ފުވައްމުލަކުގެ ރިވެޓްމެންޓްގެ ފައިސާ ހިމެނިފައި ވުމާއެކު ސިޓީ ކައުންސިލުން އުއްމީދުކުރަނީ މިއަހަރުތެރޭގައި އެމަސްއްކަތް ފެށިގެން ދާނެކަމަށެވެ.

އެބޭފުޅުންނަށް ދިމާވާ ދަތިތަކެއްގެ ވާހަކަ ކައުންސިލާއިި ހިއްސާކުރެއްވީމާ އަޅުގަނޑުމެންގެ ލެވެލްގައި، އަޅުގަނޑުމެންނަށް ކުރެވޭ ކަމެއް ވިއްޔާ އަޅުގަނޑުމެން މިތިބީ ދޭން ޖެހޭ ވުޒާރައަކަށް ދޭން ޖެހޭ އެއްބާރުލުމާއި އެހީތެރިކަމެއް ދޭގޮތަށް” ކަމަށް ޑެޕިއުޓީ މޭޔަރު ޟިރާރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ޚިޔާލު