A wide advertisement which will be shown on all devices. (700 x 100)

އެތެރޭގެ ވައިގެ ދަތުރުު ތަކުގެ އަގު ހެޔޮކޮށް އިއުލާން ކޮށްފި

އެތެރޭގެ ފްލައިޓްތަކުގެ އަގު ހެޔޮ ވުމުން އާއްމުންނަށް ހިނިތުން ވުން ގެނުވި ބާ؟

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރު ތަކުގެ އަގު ހެޔޮކޮށް، އެކަން މިއަދު އިއުލާންކޮށްފިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ވައުދުވެފައިވާ އެތެރޭގެ ދަތުރު ތަކުގެ އަގު ހެޔޮކުރުން ލަސްވާތީ އާއްމުންގެ މެދުގައި ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެންމެ ފަހުން މިއަދު އައިލޭންޑް އޭވިއޭޝަންގ މޯލްޑިވިއަނުން ވަނީ އަގުހެޔޮ ބޭންޑްތަކެއް އާއްމުކޮށް ފައެވެ.

މިއަދު އާއްމުުކުރި އަގު ލިސްޓްގައި ވާ ގޮތުން ފުވައްމުލައް މާލެ ދެކޮޅު ޓިކެޓެއްގެ އަގު އުޅެނީ -/1698 ރުފިޔާއާއި -/2598 ރުފިޔާއާއި ދެމެދުގައެވެ.

މީގެ ކުރިން އެއްކޮޅު ޓިކެޓެއް ވެސް -/1700 ރުފިޔާއަށް ވުރެ ބޮޑުކޮށް ވެސް ވިއްކާފައި އެބަހުއްޓެވެ. އަދި ދެކޮޅު ޓިކެޓް -/3400 ރުފިޔާއަށް ވުރެވެސް ބޮޑުވެފައި އެބަހުއްޓެވެ.

މިފަހަރުގެ އެންމެ އަގު ހެޔޮފެއަރގެ ދެކޮޅު ޓިކެޓަށް ވަނީ -/1698 ރުފިޔާއެވެ. ކޮޅަކަށް އެންމެ ކުޑަކޮށް ޖެހެނީ -/849 އެވެ. އަދި ކޮޅަކަށް އެންމެ ބޮޑު ފެއަރގައި -/1299 ރުފިޔާ ޖެހެއެވެ.

ގައުމީ އެއަރލައިން މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ވާގޮތުން ކުރީގެ އަގުތަކުގެ %25-%30 ދެމެދުގެ އަދަދަކަށް އަގުތައް ކުޑަކޮށްފައި ވެއެވެ. މި ފެއަރ ތަކުގައި ޓިކެޓް ލިބެން ފަށާނީ މި ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.

މި އަގުހެޔޮކުރުން ދިވެހިންނާއި އެއްވަރަކަށް ބިދޭސިންނަށް ވެސް އަމަލުކުރެވޭނެ ކަމަށް ވެއެވެ.

އެތެރޭގެ އުދުހުންތަކުގެ ގޮތުގައި ރަސްމީކޮށް އަދި މިފެންނަނީ ކޮންމެ ހިސާބަކާއި މާލެއާއި ގުޅަގައިދޭ ދަތުރު ތަކެވެ. އެއް ހިސާބުން އަނެއް ހިސާބަށް ދެވޭނެ ގޮތުގެ އަގެއް އަދި ޝެޑިއުލެއް ގިނަފަހަރަކު ނޯވެއެވެ. މިހާރު އޮންނަ ގޮތުން ރާއްޖޭގެ އެއް ހިސާބުން އަނެއް ހިސާބަށް ދަތުރު ކުރުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ.

ދާދި ފަހުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ވިއްކާ ޖެޓް ފިއުލްގެ އަގުވެސް ހެޔޮކޮށްފައެވެ. ވުމާއެކު މޯލްޑިވިއަން އަށް ވެސް އަގު ކުޑަކުރުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއްވެ.

މޯލްޑިވިއަން އިން އާއްމުކުރި ޓިކެޓް އަގުތައް އެކުލެވޭ މިންވަރު

މާލެއިން ގަމަށް ދެކޮޅު -/1698 ން -/2666 ރުފިޔާ އާއި ދެމެދުގެ އަގެއް

ފުވައްމުލައް މާލެ ދެކޮޅު -/1698 ން -/2598 ރުފިޔާ އާއި ދެމެދުގެ އަގެއް

މާލެއިން ކާޑެއްދޫ ދެކޮޅު -/1652 ން -/2442 ރުފިޔާ އާއި ދެމެދުގެ އަގެއް

މާލެއިން ކޫއްޑޫ ދެކޮޅު -/1652 ން -/2442 ރުފިޔާ އާއި ދެމެދުގެ އަގެއް

މާލެއިން ކައްދޫ ދެކޮޅު -/1610 ން -/2226 ރުފިޔާ އާއި ދެމެދުގެ އަގެއް

މާލެއިން ތިމަރަފުށި ދެކޮޅު -/1610 ން -/2226 ރުފިޔާ އާއި ދެމެދުގެ އަގެއް

މާލެއިން ކުޑަހުވަދޫ ދެކޮޅު -/1500 ން -/2056 ރުފިޔާ އާއި ދެމެދުގެ އަގެއް

މާލެއިން ދަރަވަންދޫ ދެކޮޅު -/1098 ން -/1562 ރުފިޔާ އާއި ދެމެދުގެ އަގެއް

މާލެއިން އިފުރު ދެކޮޅު -/1500 ން -/2056 ރުފިޔާ އާއި ދެމެދުގެ އަގެއް

މާލެއިން ހަނިމާދޫ ދެކޮޅު -/1610 ން -/2226 ރުފިޔާ އާއި ދެމެދުގެ އަގެއް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • އެމަންޖެ

    ބޮޑު އޮޅުވާުމެއް މިހާރު ވެސް ފެއަރ ޓިކެޓް ޅި ބޭ

    • އަލީމު

      ނޫނޭ! ހަމަ އަގު ހެޔޮ!
      މިހާރު ދެކޮޅު ޓިކެޓް އެންމެ އަގު ބޮޑުވިޔަސް -/2598، ކުރިން މިއަދަދު -/3400 ރ. އަށް ވުރެ ވެސް ބޮޑުވޭ.
      މިހާރު ކުޑަ ވެގެން ކޮޅަކަށް -/849 ރ. މި އީ އަދި ދުވަހަކު ވެސް ފވމ /މާލެ ޓިކެޓް ލިބުނު އަގެއް ނޫން