15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލަކު ޕީޕީއެމް ގެ އިސް މެންބަރުންތަކެއް، ނާއިބް ރައީސް އަދީބް އާއި އެކު.

ނާއިބުރައީސް އަދީބު ރާއްޖެ ވަޑައިގަތުމުން އެއަރޕޯޓުން ހައްޔަރުކޮށްފި

ރައީސް ޔާމީނު ސަރުކާރުގެ ދެވަނަ ނާއިބު ރައީސް އަހްމަދު އަދީބު، ސަރުކާރުގެ ރަސްމީ ދަތުރެއް ނިންމާފައި މިއަދު މާލެ ވަޑައިގަތުމުން އެއަރ ޕޯރޓުން ހައްޔަރު ކޮށްފިއެވެ. ގިނަ ބައެއްގެ ހިތުގައި އަދީބު ހަޔަރުކުރާނެ ތޯ ނުވަތަ ނޫން ތޯ އައީ ސުވާލު އުފެދެމުންނެވެ. ނަމަވެސް މިހާރު މިވަނީ އެކަން ހަގީގަތަކަށް ވެފައެވެ.

ރައީސް ޔާމީނުގެ ސަރުކާރަށް ތާއިދު ކުރާ މީހުން ކުރިން ވެސް ބުނެފައި ވަނީ އަދީބު ހައްޔަރުކުރުމަށް ޔާމީނު ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. ރިޔާސީ ލޯންޗު ފިނިފެންމާ ގައި ގޮއްވާލި އެއްޗާއި އަދީބާއި ގުޅުވައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ ވާހަކަ ދެކެވެމުންނެވެ. އެތުހުމަތު މިހާރު މިއޮތީ އިރުރަށް ތިލަ ވެފައެވެ. އަދީބުގެ އެންމެ ގާތް އެކަކު ކަމުގައި ބެލެވޭ އެމްއެމްޕީއާރުއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިއްޔެ ހައްޔަރުކުރުމާއި، މިއަދު އަދީބު މާލެ އައިތަނާ ވަގުތުން ހައްޔަރުކުރީ ގްރީން ޒޯނު އެއްކޮށް، މީޑިއާއަށް ވެސް ނުވަދެވޭ ގޮތަށް ބަންދު ކުރުމަށް ފަހުއެވެ.

ނާއިބު ރައީސް އަދީބާއި މެދު ޔާމީނު ކޮންމެ ފަދަގޮތަކަށް އަމަލުކުރަން ވެސް ޖެހިލުން ނުވާނެކަމުގެ ހެއްކެއްކަމަށް ކަމަށް ބެލެވެމުން އައީ، ކުރިން މިސަރުކާރުގައި އަދީބަށް އޮތްހާ ބާރުތައް މަޑުމަޑުން އަތުލައި، މަގާމުތަކުން ވަކިކުރުމުން ކަމަށް ޔާމީނަށް ތާއިދުކުރާ މީހުން ބުނެއެވެ.

ޕީޕީއެމްގެ އެހެން ބައެއް އެފަރާތްކުން ދެކެމުން އައީ އަދީބާއި މެދު އެހާ ހަރުކަށި ގޮތަކަށް އަމަލު ކުރަން ޔާމީނަށް ނުކެރޭނެ ކަމަށެވެ. އެހެނީ އަދީބާއި ޔާމީނު ގުޅިގެން ހިންގާފައިވާ ކަމަށް ބެލެވޭ ބައެއް ކަންތައް ތަކުގެ ސަބަބުން ކަމަށެވެ. އެމީހުން ދެކޭ ގޮތުގައި ދެން އަދީބު ބަހައްޓާނީ މިގައުމުގައި ޒިންމާއެއް ނެތް މީހެއްގެ ގޮތުގައި ސަރުކާރު ތެރޭގައެވެ. މިގޮތަށް ބުނާ މީހުން ދައްކާ ހުއްޖަތަކީ ރޭގައި ރައީސް ޔާމީނަށް އިތުބާރު ގެއްލިގެން ފުލުހުންގެ މަގާމުތަކުން އެއްފަރާތްކުރި މީހުންނެވެ. ޚާއްސަކޮށް ކަމިޝަނަރ އޮފް ޕޮލިސް ހުސޭން ވަޙީދެވެ. އަދި ޑެޕިއުޓީ ކަމިޝަނަރުން މަގާމުން ދުރުކޮށް ސްޓޭޓް މިނިސްޓަރުކަމާއި ނާއިބު ކަން ދިނުމުންނެވެ. އެމީހުންގެ އިތުބާރު ޔާމީނަށް ނެތް އިރު، އިތުރަށް ސިޔާސީ މަގާމުތަކެއްގައި އެމީހުން ބޭތިއްބަން ޖެހުނީ އެހެން ވެގެން ކަމަށެވެ. ނަމަވެސް ކަން ވެގެން މިދިޔައީ ޔާމީނަށް ތާއިދުކުރާ މީހުން ބުނިފަދައިންނެވެ.

ރައީސް ޔާމީނުގެ ފިނިފެންމާ ލޯންޗުގެ ހާދިސާއިން އެނގިގެން ދިޔައީ ސީދާ ރައީސަށް އަމާޒުކޮށް “ނުކުޅެދޭ މީހަކަށް ހަދާލަން” ދިން ހަމަލާގައި އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރެވިފައިވާ ނާއިބު ރައީސް އަދީބުއާއި މެދު %500 އިތުބާރު އޮތްކަމަށް މަޖުލީސް މެންބަރުން އެއްކުރައްވައި ރައީސް ޔާމީނު ހާމަކުރެއްވި ތަނެވެ. އަދި އެމައްސަލަ ތަހުގީގު ކުރަން އުފެއްދެވި އިންކުއަރީ ކަމިޝަނަށް ލެވުނު މީހުން އިރު އިރުކޮޅާ ބަދަލުކުރަން ޖެހުމާއި، ފުލުހުންނާއި ސިފައިނާއި ކުއްލި ކުއްލިއަށް ރައީސް ބަދައްލު ކުރައްވަމުން ދިޔަތަނެވެ. އެއާކު އެމައްސަލާގެ ބަންދުގައި ސިފައިންގެ ބަޔަކު ތިބިއިރު، ރޭ ކަޅުތުއްކަލާ ކޮށި ތެރެއަށް “ގާނޫނާއި ޚިލާފު އަމުރު ސިފައިންނަށް ނުކުރުމަށް” އެދިފައިވާ ލިޔުންތަކެއް އެތަނަށް ރޭގައި އަޅާފައިވާކަށް ވެއެވެ. ރައީސްގެ މިއަލުފުޅުތަކުން ފުލުހުނާއި ސިފައިގެ މައްޗަށް ފުރިހަމަ އިތުބާރެއް ނެތްކަން ދޭހަވެއެވެ.

ނާއިބުރައީސް ހައްޔަރުކުރުމާއި ދިމާކޮށް މާލެތެރޭގައި ހަމަނުޖެހުން ހިނގިޔަ ނުދިނުމަށް ފުލުހުންނާއި ސިފައިން ވަނީ ރައަޓް ގިއަރގައި މަގުތަކުގައި ފޯރި މަރަން ފަށާފައެވެ. އަދި މިއަދު ހެނދުނު އަދީބަށް މަރުޙާބާ ކިޔުމަށް، ބަންދުކޮށްފައިވާ ގްރީން ޒޯނަށް ދާން މަސައްކަތް ކުރި ޕިކަޕަކާއި ޒުވާނުންތަކެއް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

“މިދީބަކީ އަދީބު ކަމުގައި” އަޑުއުފުލަމުން ދިޔަ ޕިޕީއެމްގެ އިސް މެންބަރުންތައް ވަނީ ދެބަޔަކަށް ބެހިފައެވެ. ނަމަވެސް މައިގަނޑު ގިނަ މީހުން ފެންނަނީ ރައީށް ޔާމީނުގެ ފަހަތުގައި ތިބި ކަމަށްބުނާ ތަނެވެ.

ޑިފެންސް މިނިސްޓަރު ކަމުން ވަކިކުރި މޫސާ ޖަލީލު ވަނީ އަދީބު ހައްޔަރުކުރުން ކުށްވެރިކޮށް ސޯޝަލް މީޑީއާގައި ވާހަކަ ދައްކާފައެވެ. އަދި ފުލުސް ކަމިޝަނަރު ކަމުން ވަކިކުރި ހުސޭން ވަހީދުގެ ގެ އަޑެއް ނީވޭ އިރު ދެން ޔާމީނުގެ ޓާގެޓަކީ ހާމިދު ސޭޓް ތޯ، އޯޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ތޯ، ނޫނީ ސީޕީ ހުސޭން ވަހީދު ތޯ، ނޫނީ ޕީގީ ލީޑަރު ނިހާނު ސޯޝަލް މީޑިއާގައި އަންނަނީ ސުވާލު ކުރަމުންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު