20 ސެޕްޓެމްބަރ 2019 ( ހުކުރު )

ޝާފިޢު އަލީ ވަޒީފާއަށް ނިކުތް ފުރަތަމަ ދުވަހު ވެސް ކޮރަޕްޝަން ހުރި ވަރާއިމެދު ހައިރާން ކަން ގެނުވި

ޝާފިޢުގެ ފުރަތަމަ ދުވަހުވެސް ކޮރަޕްޝަނުން ހައިރާންކަމެއް

އިއްޔެ މަގާމު ހަވާލު ކުރެއްވި އިސްލާމިކް މިނިސްޓްރީގެ ނާއިބު ޝާފިއު އަލީ ފުރަތަމަ އޮފީހަށް ނިކުތް ދުވަހު ވެސް ހައިރާންވާ މިންވަރަށް ކޮރަޕްޝަން އެ މިނިސްޓްރީ ތެރެއިން ހާމަވެފައި ވާ ކަމަށް ވިދާޅުވެއްޖެއެވެ.

އިއްޔެއަކީ ޝާފިޢު ފުރަތަމަ އޮފީހަށް ނިކުތް ފުރަތަމަ ދުވަހެވެ.

“ކޮރަޕްޝަން ހުރިި މިންވަރާއި މެދު ހައިރާންވޭ. ޚިޔާލަށްވެސް ނުގެނެވޭހާ ހާ ބޮޑަށް (ކޮރަޕްޝަން) ހުރީ” ޝާފިޢު ޓުވީޓް ކުރައްވާފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީ ތެރޭގައި ކޮރަޕްޝަން ހުރިވަރާއި މެދު ޝާފިއު ގެ ކަންބޮޑުވުން އާއްމުންނާއި ހިއްސާކުރިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޮލިޙު ވިދާޅުވެފައި ވަނީ މި ސަރުކާރުގައި ކޮރަޕްޝަނަށް ދޭނީ ‘ޒީރޯ ޓޮލަރެންސް’ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސީ ހުރި ހާމަ މަގާމުތަކެއްގައި އުޅޭ މީހުންގެ މާލީ ބަޔާން ކޮންމެ އަހަރަކު އާއްމު ކުރާ ގޮތަށް ރައީސް އޮފީހުން ވަނީ ހަމަޖައްސަވާފައެވެ.

މިސަރުކާރު ވެރިކަމަށް އައީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ވައުދު ވެގެންނެވެ.

އެމިނިސްޓްރީ ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭ ގޮތުން ވަރަށް އަވަހަށް މީޑިއާއަށް މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވެއެވެ.

ޝާފިއު ޏ.އޭއީސީގައި ލީޑިން ޓީޗަރަކަށް އުޅުއްވި އިރު މިނިސްޓރްީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސްކޫލްތައް އެސެސް ކުރެއްވުމަށް ރާއްޖޭގެ އެކިރަށްރަށަށް ދަތުރުކުރައްވާ ސްކޫލްތަކުގެ އެސެސް ކުރެއްވުމުގެ އަމަލީމަ ސައްކަތުގެ ތަޖުރިބާ ހާސިލު ކުރައްވާފައި ވެއެވެ.



ކިޔުންތެރިންގެ ޚިޔާލު