20 ސެޕްޓެމްބަރ 2019 ( ހުކުރު )

ޗައިނާގެ ޖައްވީ އުޅަނދު ޗެން-އީ4 ހަނދުގެ ފަހަތު ބިތުގައި ޖައްސައި ދަތުރު ކުރަނީ

ޗައިނާގެ ޖައްވީ އުޅަދު ހަނދުގެ ދުރު ބިތަށް ޖައްސައިފި

ޗައިނާގެ ޖައްވީ އުޅަނދު ޗެން-އީ4 ހަނދުގެ ދުނިޔެއާއި ދުރު ބިތަށް ކާމިޔަބުކަމާއެކު އިއްޔެ ޖައްސައިފިއެވެ. މިއީ އިންސާނަކާއި ނުލައި ހަނދަށް ދިޔަ ޖައްވީ އުޅަނދެކެވެ.

ހަނދުން ބިމަށް ނުފެންނަ ބިތުގެ ފޮޓޯތަށް އިއްޔެ މިއުޅަނދުން ވަނީ ދުނިޔެއަށް ފޮނުވާފައެވެ. މިކަން އަލްޖަޒީރާ ޓީވީއިން ވަނީ ގެނެސް ދީފައެވެ.

ޗައިނަގެ ޖައްވީ އުޅަނދު ޗެން-އީ4 ހަނދަށް ޖެއްސުން

ޗައިނާގެ ޖައްވީ އިދާރާއިން އާއްމުކޮށްފައިވާ ގޮތުގައި ވަރަށް ފުރިހަމައަށް ކޮންޓްރޯލް ކުރެވިގެން ބަރާބަރަށް ބޭނުންވީ މަގާމަށް ޖައްވީ އުޅަނދު ޗެން-އީ4 ވަނީ ކާމިޔާބުކަމާއެކު ޖެއްސިފައެވެ.

ތާރީޚީ މި ކާމިޔާބު ޗައިނާގެ ޖައްވީ އިދާރާއިން ދިޔައީ ވަގުތުން ބަލަމުންނެވެ. މިއީ ހަނދުގެ ދުރު ފަރާތަށް ޖެއްސި ފުރަތަމަ ޖައްވީ އުޅަދެވެ.

ހަނދުގެ ފަހަތު ބިތް އަދި ވަނީ ދިރާސާ ނުކުރެވިއެވެ. ވުމާއެކު ޗައިނާގެ ޖައްވީ މިދަތުރުގައި ހަނދގެ ފަހަތު ބިތުގައި އެކުލެވޭ އެސްޓްރޮނޮމީގެ ހޯދުންތަކަށް ބޭނުންވާ ބެލުންތައް ބަލައިި މައުލޫމާތު އެއްކުރުން ހިމެނޭކަމަށް ހާމަކުރެއެވެ.

ޗައިނަގެ ޖައްވީ އުޅަނދު ޗެން-އީ4 ހަނދުގެ ފަހަތު ބިތަށް ކުރާ ދަތުރު

މީގެ އިތުރުން ހަނދުގެ ބޭރު ފަށަލައިގެ ‘ޓެރައިން’ ސާވޭ ކުރުމާއި، ހަނދުގެ ފަށަލަަތައް އުފެދިފައިވާ ގޮތް ބެލުމާއި، އެ ފަށަލަތަކުގައި ވާ މިނެރަލް ގެ ބައިތައް ތަހުލީލު ކުރުން ފަދަ ކަންތައްތަކާއި އިތުރު ކަންތައްތައް ވެސް ކުރުން މިދަތުރުގައި ކުރުންހިމެނޭ ކަމަށް ހާމަކުރެއެވެ.

ހަނދުގެ ފަހަތު ބިތް ދުނިޔެއަށް ނުފެންނާނެއެވެ. ހަނދަކީ ދުނިޔެ ވަށައިގެން އެއް ސްޕީޑެއްގައި އެއް މިންވަރަކަށް އެނބުރެމުން ދުނިޔެ ވާށާ ދައުރުވަމުންދާ ޕްލެނެޓެކެވެ.

ނަމަވެސް ރާއްޖޭގެ ބައެއް މީހުން އަދިވެސް ގަބޫލުކުރަނީ ހަނދަށް ނުދެވޭނެ ކަމަށެވެ. މިކަމަށް ބޮޑަށް އެމީހުންނަށ ގަބޫލުރެވުނީ ތަންކޮޅެއް ފަހުން މީހަކު ލިޔުނު ‘އެމެރިކާއިން ހަނދަށް ދިއުން’ މުގެ ކްރިޓީކެއްގެ އަސާސްތަކުގެ މައްޗަށެވެ.

ޗައިނަގެ ޖައްވީ އުޅަނދު ޗެން-އީ4 ހަނދަށް ދާން ރޮކެޓްގައި ނައްޓާލުން

އެމެރިކާގެ އިގުތިސާދު ބަލިކަށި ވަމުންދާއިރު އެގައުމަށް ޖައްވީ ދަތުރު ތަކުގެ ހޭދަ ނުކުރެވޭކަން މިވަނީ ހާމަވެފައެވެ. އޭގެ ބަދަލުގަިއ ހަލުއި ކަމާއެކު ކުރިއަރަމުން އަންނަ ޗައިނާގެ އިގުތިސޯދުން ޖައްވީ ކަނކަމަށް ހޭދަ ކުރާތަން މިވަނީ މުޅި ދުނިޔެއަށް ވެސް ހާމަވާން ފަށާފައެވެ.ކިޔުންތެރިންގެ ޚިޔާލު