A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޮސްޕިޓަލަށް ތިން މިލިއަނަށްވުރެ އަގުބޮޑު މެޝިނަރީތަކެއް

ފުވައްމުލަކު ހޮސްޕިޓަލަށް ގެނައި ބައެއް މެޝިނަރީތައް އެހޮސްޕިޓަލަށް ވައްދަނީ. ފޮޓޯ: އެކޯޑް

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުން ރަގަޅު ފެންވަރުގެ ހިދުމަތްތަކެއް ދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އެހޮސްޕިޓަލަށް ތިން މިލިއަނަށްވުރެ އަގުބޮޑު މެޝިނަރީތަކެއް ހެލްތު މިނިސްޓްރީން ފޯރުކޮށްދީފިއެވެ.

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ މެޝިނަރީ ތައް އެހޮސްޕިޓަލަށް ގެނެސް އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެހޮސްޕިޓަލުން ދެމުންދާ ގިނަ ހިދުމަތްތަކެއްގެ ފެންވަރު ރަނގަޅުވެ ރައްޔިތުންގެ އިތުބާރު ލިބިގެންދާނެކަމަށެވެ.

ހޮސްޕިޓަލަށް އަލަށް ގެނެސް އިންސްޓޯލްކުރި މެޝިނަރީ ތަކުގެ ތެރޭގައި ހިމެނެނީ އަލްޓްރާ ސައުންޑް ސްކޭން މެޝިނާއި، އެކްރޭ މެޝިންގެ އިތުރުން މޯބައިލް ސީއާމް އެކްސްރޭ ޔުނިޓް، ފޭޓަލް މޮނިޓާ، ޑީފައިބްރިލޭޓާ، ކޯޝަރީ މެޝިން، ސަކްޝަން މެޝިން، އީސީޖީ، ވެންޓިލޭޓަރ ފަދަ ބޭނުންތެރި މެޝިނަރީޒްތައް ހިމެނެއެވެ.

ފުވައްމުލަކު ހޮސްޕިޓަލަކީ ހެލްތު މިނިސްޓްރީ އިން ކަނޑައަޅާފައިވާ ދަރަޖަތަކުގެ ތެރެއިން ތިން ވަނަ ދަރަޖައިގެ ހޮސްޕިޓަލެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !