A wide advertisement which will be shown on all devices. (700 x 100)

ޓްރޭޑް ވޭވްސް ފިހާރަ އަނދާހުލިވެ، އެތައް މިލިން ރުފިޔާއެއްގެ ގެއްލުން

ޓްރޭޑް ވޭވްސް ފިހާރަ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި

ފުވައްމުލަކު މިސްކިތްމަގު އަވަށުގައި ހުންނަ ޓްރޭޑް ވޭވްސް (ދަށޮކުބައިގޭ ފިހާރަ) ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނދާ ހުލިވެ، އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިއްޖެއެވެ.

ރޭ ފަތިހުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެފިހާރަ އެއްކޮށް އަނދާހުލިވެފައިވެއެވެ. އަދި ފިހާރައިގައި ހުރި ގިނަ އަދަދެއްގެ މުދާވެސް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވެއެވެ. ޓްރޭވް ވޭވްސް ފިހާރައިގައި މަސައްކަތްކުރާ މީހަކު ބުނިގޮތުގައި ގެއްލުން ލިބުނު ތަކެތީގެ ތަފްސީލް އަދި މުޅިން ކަށަވަރު ނުވާކަމަށާއި ލިބުނު ގެއްލުން މިލިއަނުން އަރާނެކަމަށެވެ. އަދި އަލިފާން ރޯވެފައިވާ ކަމަށް ބެލެވެނީ ކަރަންޓް ޝޯޓަކުން ކަމަށް ފިހާރައިގައި މަސައްކަތްކުރާ މީހަކު ބުންޏެވެ. އެފިހާރައިގައި ޖަހާފައި ހުރި ބިއްލޫރިތަކާއި ދޮރުތައްވެސް އެއްކޮށް ހަލާކުވެފައިވެއެވެ.

މިކަމާއި ގުޅިގެން ފިހާރައިގެ އިސްފަރާތަކާއި ގުޅޭގޮތްއަދި ނުވެއެވެ. ރޭ ފަތިހު ހިނގި މިހާދިސާގައި މިއަދު ހެނދުނުވެސް އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން ގެންގޮސްފައިވެއެވެ. އަދި އެފިހާރައިން ދުން އަރާމަންޒަރު ފެންނަމުން ދިޔައެވެ. އަދި އެސަރަހައްދަށް ދުމުގެ އަސަރުކޮށްފައިވެއެވެ.

ޓްރޭޑް ވޭވްސް ފިހާރައަކީ ފުވައްމުލަކުގައި އެންމެ ގިނަ ދުވަސްވީ ފިހާރަތަކުގެ ތެރޭގައި ހިމެނޭ ފިހާރައެކެވެ. އެފިހާރައިން ދަޅުކާނާ އާއި ޓެކްސްޓައިލްސް އަދި ހިފާގެންގުޅޭ ސާމާނުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން ގެންދެއެވެ. އަދި އެފިހާރައަކީ ފުވައްމުލަކުގައި ހުންނަ ފިހާރަ ތަކުގެ ތެރެއިން ނިސްބަތުން ބޮޑު ފިހާރައެއްކަން ފާހަނގަކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !