18 ސެޕްޓެމްބަރ 2019 ( ބުދަ )

ސައިދު އަދި އާތިފު - ސިޔާސީ މަގާމަށް އައްޔަން ކޮށްފި

ސަޢީދު އަދި އާތިފު ސިޔާސީ މަގާމަށް އައްޔަން ކުރައްވައްފި

ފުވައްމުލަކު އެމްޑީޕީ އުތުރު ދާއިރާގެ ރައީސް. ހޯދަޑ،ު ގޮމަތަނަގެ އިބްރާހިމް ސައީދު ޓްރިވެންޑްރަމްގައި ހުންނަ  ދިވެހި ކޮންސިއުލޭޓްގެ ޑެޕީއުޓީ ކޮންސަލްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.

ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ކޯލިޝަން ސަރުކާރުން ދަމަހައްޓަމުން އަންނަ ރޭޝިއޯ އަދިވެސް ދަމަހައްޓަމުން އަންނަކަމަށް ވެއެވެ. އެގޮތުން އިބްރާހިމް ސައީދު އައްޔަން ކުރެވިފައި މިވަނީ އެމްޑީޕީގެ ސްލޮޓަކަށެވެ.

އިބްރާހިމް ސާއިދަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި ފުވައްމުލަކުގެ ހަރަކާތްތަކުން އިސްކޮށް ފެންނަ މޫނެކެވެ.

މީ ގެ އިތުރުން ފުވައްމުލަކު، ދަޑިމަގު، މުރާކި، މުހައްމަދު އާތިފު (ތިފޫ) ވަނީ ފެނަކަ ކޯޕަރޭޝަނުގެ ނޮން އެގްޒެކްޓިވް ބޯޑު މެންމަބަރު ކަމަށް އައްޔަން ކޮށްފައެވެ. އާތިފުގެ ސްލޮޓަކީ ޖޭޕީގެ ސްލޮޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުން އައްޔަން ކުރަނީ ރައީސުލް ޖުމްހޫރިއްޔާ ނޮމިނޭޓް ކުރައްވާ ބޭފުޅުން ޕްރައިވެޓާއިޒޭޝަން ބޯޑަށް ފޮނުވައިގެން އެބޯޑުންނެވެ.

 ކިޔުންތެރިންގެ ޚިޔާލު


  1. ދޭށެ ފިރިހެން ދާރި 7 ޖެނުއަރީ 2019 14:01

    ދަޑިމަގު، މުރާކި، މުހައްމަދު އާތިފު (ތިފޫ) ގެ ސްލޮޓަކީ ޖޭޕީގެ ސްލޮޓެއް ނޫން ، އެއީ މައުމޫން ރިފޯރމް މޫމެންޓްގެ ސްލޮޓެއް .. ހަބަރު ލިޔާއިރު ތެދު ހަބަރު ލިޔުމަށް ގޮވާލަން ، އެހެން ނޫންނަމަ ތިކަން ނުކުރުމަށް ގޮވާލަން