20 ސެޕްޓެމްބަރ 2019 ( ހުކުރު )

ޖޭޕީ ސްލޮޓްގައި ސިޔާސީ މަގާމުތަކުގައި ތިބި ފުވައްމުލަކު މީހުން

އެމްްކިއުއޭގެ ސީއީއޯ ކަމަށް ޑރ. ހަންނާނު އައްޔަން ކުރައްވައިފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ފުވައްމުލަކު ދޫނޑިގަން އަބްދުލް ހައްނާނު މިއަދު އައްޔަން ކުރައްވައިފިއެވެ. ޑރ. ހައްނާނު އެމަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުން ފެންވަރުގައެވެ.

ޑރ. ހައްނާނު އަކީ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމާއި ގުޅޭ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ދާއިރާގެ ތަޖުރިބާ ލިބިލައްވާފައިވާ ރާއްޖޭގެ މަދު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ފާއިތުވި 2018ގެ ނޮވެމްބަރާއި ހަމަޔަށް ޑރ.ހަންނާނު ހުންނެވީ ޓިވެޓް އޮތޯރިޓީގެ ސީއީއޯ ކަމަށް ބަދަލުކުރައްވާފައެވެ.

ޑރ.ހައްނާނު ނުވަތަ ‘އަބޫ ނިހާ’ ވަނީ ކުރިން، 2014 ވަނަ އަހަރުން 2015އަށް ވެސް އެ އޮތޯރިޓީގެ ސީީއީއޯކަން ކުރައްވާފައިވާފައެވެ.

ޑރ. ހައްނާނުގެ މަގާމަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެކެވެ. ދާދި ފަހުން ޑރ. ހައްނާނު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

ޑރ. ހައްނާނު ޕީއެޗްޑީ ހައްދަވާފައި ވަނީ 2014 ވަނަ އަހަރު އޮސްޓްރޭލިޔާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން “ޑޮކްޓަރ އޮފް ފިލޯސަފީ އިން ހަޔަރ އެޑިއުކޭޝަން ކޮލިޓީ އެޝުއަރެންސް” އިންނެވެ. އިންޓަރނޭޝަނަލް އެޑިއުކޭޝަންގެ ރޮނގުން މާސްޓަރސް ހައްދަވާފައި ވަނީ 2001 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވަރސިޓީ އިންނެވެ. އަދި ފުރަތަމަ ޑިގްރީ މިސްރުގެ އަޒުހަރު ޔުނިވަރސިޓީން ހާސިލުކުރައްވާފައި ވަނީ އިނގިރޭސި ކިޔަވައި ދިނުމުގެ ދާއިރާއިންނެވެ.

2006 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޑރ. ހައްނާނު ވަނީ އެމްކިއުއޭ ގައި މަސައްކަތް ކުރައްވާފައެވެ.

ހަންނާނު އެމަގާމުން ވަކިކުރެއްވީ 2018 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުގައި ކުރީގެ ނާއިބު ރައީސް ޑރ.ޖަމީލުއާއި ރައީސް ޔާމީނާއި ޖެހުނު ސިޔާސީ މައްސަލަތަކުގެ ތެރޭގައި ކަމަށް ބުނެވެއެވެ. ޑރ. ހަންނާނުއަކީ ޑރ. ޖަމީލުގެ ތިމާގެ، އެއްހިސާބެއްގެ ބޭފުޅެކެވެ.ކިޔުންތެރިންގެ ޚިޔާލު