A wide advertisement which will be shown on all devices. (700 x 100)

މަންދު ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށާކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

މަންދު ކޮލެޖުގެ ދަރިވަރުންތަކެއް

2016 ވަނަ އަހަރުގެ ޖެނުއަރީ މަހު މަންދު ކޮލެޖްއިން ފަށާ ކޯސްތަކަށް ވަނުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް މަންދު ކޮލެޖުއިން ވިދާޅުވެއްޖެއެވެ.

މަންދު ކޮލެޖު އިން ވިދާޅުވީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޓޭކްގެ އެންމެ ޚާއްސަކަމެއްގެ ގޮތުގައި ފާހަގަ ކުރެވިގެންދާނީ ފައުންޑޭޝަން އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ވަރަށް ހާއްސަ އަގުތަކެއްގައި ފޯރުކޮށްދެވިގެންދާނެކަމަށެވެ. މިގޮތުން، މި ކޯސްތަކުން 4000 އާއި 13,000 އާ ދެމެދުގެ ޑިސްކައުންޓެއް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

” މި އިންޓޭކްގައި ރާއްޖޭގެ އަސްދަނޑިން ބޭރަށް ނުކުމެ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކާއި ގުޅިގެން މަތީ ތަޢުލީމުގެ އިތުރު ފުރުސަތުތަކަކަށް މަގު ވަނީ ތަނަވަސްވެފައި، މިގޮތުން މަންދު ކޮލެޖުގެ ފައުންޑޭޝަން ފޯރ ޑިގްރީ ސްޓަޑީސް ނިންމާ ދަރިވަރުންނަށް އިނގިރޭސިވިލާތާއި މެލޭޝިއާގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން 3 އަހަރު ދުވަހުން ޑިގްރީ ފުރިހަމަކުރެވޭނެ، އަދި މަންދު ކޮލެޖުގެ ޑިޕްލޮމާ އިން ބިޒްނަސް ނިންމާ ދަރިވަރުންނަށް މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުން 6 އަހަރު ދުވަހުން ޑިގްރީ ނިންމުމުގެ ފުރުސަތު ލިބިގެންދާނެ” މަންދު ކޮލެޖު އިން ވިދާޅުވިއެވެ.

އެކޮލެޖުން އިތުރަށް ވިދާޅުވީ މި ޔުނިވަރސިޓީތަކުގެ ތެރޭގައި ކާޑިޕް މެޓްރޮޕޮލިޓަން ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ކެމްބްރިޖް، ޔުނިވަރސިޓީ އޮފް ލަންޑަން، ޔުނިވަރސިޓީ އޮފް ލިވަރޕޫލް، ޔުނިވަރސިޓީ އޮފް ނޮތަމްބްރިއާ، އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީ، ބަރމިންގްހަމް ސިޓީ ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ ފަދަ ނަން މަޝްހޫރު އިނގިރޭސިވިލާތުގެ އެތަށް ޔުނިވަރސިޓީތަކެއްގެ އިތުރުން މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖް އަދި ވެސްޓް މިންސްޓަރ އިންޓަނޭޝަނަލް ކޮލެޖް ހިމެނޭ ކަމަށެވެ.

” ހަމަމިއާއެކު، މަންދު ކޮލެޖުންވަނީ ހިލޭ ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް ލެވެލް ތިނެއްގެ ތިން ކޯހަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލެވިފައި، މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޓުއަރިޒަމް އެންޑް ހޮސްޕިޓަލިޓީ ހިމެނޭނެ” މަންދު ކޮލެޖު އިން ވިދާޅުވިއެވެ.

މަންދު ކޮލެޖުން ހުޅުވާލި ހުރިހާ ކޯސް ތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެކްރެޑިޓް ކޮށްފައިވާ ކޯސްތަކެކެވެ. ޖެނުއަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 03 ޖެނުއަރީ 2016 ވަނަ ދުވަހުގެ ކުރިންނެވެ. ޑިސްކައުންޓް ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 01 ޑިސެމްބަރު 2015ގެ ކުރިންނެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !