A wide advertisement which will be shown on all devices. (700 x 100)

ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ބިޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށްފި

ޖޫނިއަރ އެތުލެޓިކްސް 2019 މުބާރާތުގެ ބިޑު ފުވައްމުލައް ސިޓީން ކާމިޔާބު ކުރުން

އަންނަ މާރޗު މަހު ސްކޫލް ކުދިންގެ މެދުގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2019 ގެ ބިިޑް ފުވައްމުލައް ސިޓީ ކައުންސިލުން ކާމިޔާބު ކޮށްފިއެވެ. އެތުލެޓިކްސް މުބާރާތުގެ މި ބިޑް ފުވައްމުލައް ސިޓީ ކައުންސިލުން ކާމިޔާބު ކުރިކަން އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

12 ވަނަ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ބާއްވާނެ ތަނެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ހަމަޖެހިފައިވާކަން އެތުލެޓިސް އެސޯސިއޭޝަނުން ވެސް ވަނީ މިއަދު އިއުލާން ކޮށްފައެވެ.

އަންނަ މާރޗު މަހު 24-28 އަށް ބޭއްވުމަށް ތާވަލް ކުރެވިފައިވާ މި މުބާރާތް ބާއްވާ ތަން ކަނޑައަޅާނީ އެކަމަށް އެކަމަށް ޝައުގުވެރިވާ އަތޮޅުތަކުން ހުށަހަޅާ ބިޑް އިވެލުއޭޓް ކޮށްގެންނެވެ.

މި މުބާރާތުގައި 3 އުމުރުފުރައެއްގައި ދެ ޖިންސުން ޓީމުތައް ވާދަކުރެއެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އުމުރުފުރާގައެވެ.

މިމުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ފާއިތުވި 2018 ވަނަ އަހަރު މާރޗު މަހުގައި ށ. މިލަންދޫގައެވެ. އެ މުބާރާތުގައި ފުވައްމުލަކުގެ ސްކޫލްތަކުން ވާދަކޮށްފައެއް ނުވެއެވެ.

2017 ގައި އައްޑޫ ސިޓީގައި ބޭއްވި މުބާރާތުން ފުވައްމުލަކުގެ ސްކޫލްތަކުން ވަނީ ރަނގަޅު ކާމިޔާބީއެއް ހޯދާފައެވެ. އެމުބާރާތުގެ ފިރިހެން ކުދިންގެ ބައިގެ ޗެމްޕިއަންކަން ޏ. އަތޮޅު ތައުލީމީ މަރުކަޒު ހޯދާފައި ވެއެވެ.

މިމުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް 7000ރ.، ދެ ވަނަ ޓީމަށް 5000ރ. އަދި ތިން ވަނަ ޓީމަށް 3000ރ. ދިނުމަށް ހަމަޖެހިފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !