ކުރީގެ ޔޫތު މިނިސްޓަރ މަލީހް - ފޮޓޯ ރައީސް އޮފީސް
މަޖްލީސް މެމްބަރުން ޤާނޫނު އަސާސީ މުގުރަމުންދާއިރު، އެވެރިންނާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށް މިސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރު ކަން ކުރެއްވި ފުވައްމުލަކަށް އުފަން މުހައްމަދު މަލީހު ޖަމީލް ވިދާޅުވެއްޖެއެވެ
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ޤާނޫނުއަސާސީ ނެގެހެއްޓުމަށް މަތިކޮށްފައިވާ ފަރާތްތަކުން (މަޖްލިސް މެމްބަރުން) ކަނޑައެޅިގެން ޤާނޫނުތަށް މުގުރަމުން ދާކަމަށާއި އެވެރިންނާއި ޤާނޫނުއަރާ ހަމަކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ކުރެއްވި އިތުރު ޓުވީޓެއްގައި މަޖްލީސް މެމްބަރުންގެ އަމަލުތަށް ހުރި ގޮތުން، އާންމެވެގެންވާ ކޯފާއެއް ނުލެއްވުންއެދި މަލީހު ދުއާކޮއްފައި ވެއެވެ.
“ޔާ ﷲ! ދިވެހިރާއްޖޭގެ 18 ވަނަ ރައްޔިތުންގެ މަޖްލީސް މެމްބަރުންގެ އަމަލުތަށް ހުރިގޮތުން އާންމުވެގެންވާ ކޯފާއެެއް ނުލައްވާދޭވެ. އާމީން !” މަލީހުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މަލީހުއަކީ، ސަރުކާރުން ތަހްގީގު ކުރަމުންދިޔަ ތަހްގީގަކަށް މާބޮޑަށް ބެހިވަޑައިގަތުމުގެ ސަބަބުން، ސަރުކާރުގެ ވަޒީފާއިން ވަކިކުރެއްވި ހަމައެކަނި ވަޒީރުކަމަށް، ދާދިފަހުން ޤައުމާއި މުހާތަބުކުރައްވައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އަދި މަލީހު އާއި ގުޅޭގޮތުން ރައީސް މިދެއްކެވި ވާހަކަފުޅުގެ ތަފްސީލް ރައްޔިތުންނާއި ހިއްސާ ކުރުމަށް މަލީހު ވަނީ އެދިވަޑައިގެންފައެވެ.