26 ޖޫޏް 2019 ( ބުދަ )

ފުވައްމުލަކު ސްކޫލުގެ ޕްރިންސިޕަލް ހަސަން ޒަރީރު އާއި ބައެއް ޓީޗަރުން

އާއަހަރު ފުވައްމުލަކުގެ ސްކޫލްގަޑިތައް އާއްމުކޮށްފި

އަންނަ އާދީއްތަ ދުވަހު ފެށޭ އާއަހަރުގައި ފުވައްމުލަކުގައި ހިންގާ ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ސެޝަން ގަޑިތައް އާއްމުކޮށްފިއެވެ. ކުރިން ޕްރައމިަރީ ސްކޫލުގެ ގޮތުގައި ހުރި މަދަރުސަތުއް ޝައިޚު މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އާއި ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އަދި ފުވައްމުލަކު ސްކޫލް (އެފްއެސް) ގައި ވެސް ޔޫކޭޖީއިން ފެށިގެން ގްރޭޑް 9 އާއި ހަމަޔަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

13 ޖެނުއަރީ، 2019 ވާ އާދިއްތަ ދުވަހު ހުރިހާ ސްކޫލެއްގައި ވެސް ކުރު ސެޝަނެއް ބޭއްވުމަށް ވަނީ ރާވާފައެވެ.

އެގޮތުން 13 ވަނަ ދުވަހު ހެނދުނު ސެޝަން އެފްއެސްގައި ފަށަނީ ހެނދުނު 6:55 ގައެވެ. އަދި އެމްޖޭއެސްގައި ހެނދުނު 7:00 ގައި ފަށާއިއުރ ހޭޒްގައި ފަށަނީ ހެނދުނު :7:15ގައެވެ.

13 ޖެނުއަރީ 2019، އާދީއްތަ ދުވަހުގެ ސެޝަން ގަޑިތައް:

އެފްއެސް (ފުރަތަމަ ދުވަސް) 

ހެނދުނު 6:55 – 9:00 ގްރޭޑް 4، 5، 6، 7، 8، 9 އަދި ކޮކާ ބަގީޗާ ކްލާސް

ހެނދުނު 8:55 – 9:55 ޔޫކޭޖީ ކްލާސް

މެންދުރު 12:15 -14:00 ގްރޭޑް 1، 2، 3 ގެ ކްލާސްތައް

މެންދުރު 12:15 – 1:15 އެލްކޭޖީ ކްލާސް

އެފްއެސްގެ ޕްރިންސިޕަލް ހަސަން ޒަރީރު

ރަސްމީ ސެޝަންގެ ގަޑިތައް

އެފްއެސް: ހެނދުނު 6:55- 12:00 (ގްރޭޑް 4، 5، 6 އަދި ކޮކާ ބަގީޗާ)، 6:55- 12:40 (ގްރޭޑް 7، 8، އަދި 9)، ހެނދުނު 8:55- 12:00 (ޔޫކޭޖީ ކްލާސް)،

މެންދުރު ފަސް 12:15- 3:20 (އެލްކޭޖީ ކްލާސް)، 12:15 -5:20 (ގްރޭޑް 1، 2، އަދި 3)

އެފް އެސްގެ ޕްރިންސިޕަލަކީ ފާއިތުވި އަހަރުގައި ވެސް އެސްކޫލުގައި ހުރި ހަސަން ޒަރީރު އެވެ.

 

އެމްޖޭއެސް (ފުރަތަމަ ދުވަސް)

ހެނދުނު 7:00 – 9:05 ގްރޭޑް 2، 6، 7، 8، 9 ގެ ކްލާސްތައް

ހެނދުނު 7:00 – 9:05 ޔޫކޭޖީ، އެލްކޭޖީގެ ކްލާސްތައް

މެންދުރު 12:50 -14:55 ގްރޭޑް 1، 3، 4، 5 ގެ ކްލާސްތައް

އެމްޖޭއެސްގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު

ރަސްމީ ސެޝަންގެ ގަޑިތައް

އެމްޖޭއެސް: ހެނދުނު 7:00- 11:40 (ގްރޭޑް 2، އަދި 6)، 7:00- 12:15 (ގްރޭޑް 7، 8، އަދި 9)، ހެނދުނު 6:45- 9:00 (ރެއިންބޯ ޔުނިޓް)، 7:00- 10:00 (އެލްކޭޖީ)،

10:30- 1:30 (އެލްކޭޖީ)،

މެންދުރު ފަސް 12:50 -5:30 (ގްރޭޑް 1، 3، 4 އަދި 5)

އެމްޖޭއެސް ގެ ޕްރިންސިޕަލަކީ ފާއިތުވި އަހަރުގައި ވެސް އެސްކޫލުގައި އާރިފާ އަބްދުލް މަޖީދު އެވެ.

 

ހޭޒް (ފުރަތަމަ ދުވަސް)

ހެނދުނު 7:15 – 9:15 ގްރޭޑް 2، 6، 7، 8، 9 އަދި ރެއިންބޯ ކްލާސް

ހެނދުނު 7:15 – 8:30 ޔޫކޭޖީ، އެލްކޭޖީގެ ކްލާސްތައް

މެންދުރު 10:00 -12:00 ގްރޭޑް 1، 3، 4، 5 ގެ ކްލާސްތައް

ފުވައްމުލަކުގެ ސްކޫލްތަކުގެ ތެރެއިން ޏ.އޭއީސި ފިޔަވައި އަނެއް 3 ސްކޫލަކުން ވެސް މިއަހަރު 2 ނޫނީ 3 ސެޝަނަށް ކިޔަވައިދިނުން ކުރިޔަށް ގެންދައެވެ.

އެފްއެސް، އެމްޖޭއެސް އަދި ހޭޒްގައި ވެސް 14 ޖެނުއަރީން ފެށިގެން ރަސްމީ ސެޝަންތައް ކުރިޔަށް ގެންދަން ފަށާނެއެވެ.

ހޭޒްގެ ޕްރިންސިޕަލް އަހުމަދު ފަޔާޒު

ރަސްމީ ސެޝަންތައް ފެށުމަށް ހަމަޖެހިފައި ވަނީ:

ހޭޒް: ހެނދުނު 6:45- 11:25 (ގްރޭޑް 2، އަދި 6)، 6:45- 11:55 (ގްރޭޑް 7، 8، އަދި 9)، ހެނދުނު 6:45- 9:00 (ރެއިންބޯ ޔުނިޓް)، 6:45- 9:45 (އެލްކޭޖީ އޭ އަދި ބީ)،

10:00- 1:00 (އެލްކޭޖީ ސީ އަދި ބީ)،

މެންދުރު ފަސް 12:30 -5:10 (ގްރޭޑް 1، 3، 4 އަދި 5)

ހޭޒްގެ ޕްރިންސިޕަލަކީ ފާއިތުވި އަހަރުގައި ވެސް އެސްކޫލުގައި ހުރި އަހުމަދު ފަޔާޒު އެވެ.

 

މިސްކޫލްތައް ވެސް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ގޮތުން ކުރެންޖެހޭ މަސައްކަތައް ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަދު ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ޚިޔާލު